ތިނަދޫގައި ހަ އަހަރުގެ ކުއްޖަކު ގައިގައި ސައިކަލުން ޖައްސައި ފިލި މީހަކު ހައްޔަރަށް

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އީ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވަނީ އެކްސިޑެންޓަށްފަހު މަޑު ނުކޮށް ގޮސްފަ އެވެ.

ތިނަދޫގައި އިއްޔެ ހިނގި އެކްސިޑެންޓް ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް --

ތިނަދޫ ސިޓީގައި ހަ އަހަރުގެ ކުއްޖަކު ގައިގައި ސައިކަލުން ޖެއްސުމަށްފަހު ސީނުން ފިލި މީހަކު ހައްޔަރު ކޮށްފި އެވެ.

ތިނަދޫ އާބާދީ ހިނގުމުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިފައި ވަނީ މަގު ހުރަސް ކުރި ކުޑަކުއްޖެއްގެ ގައިގަ އެވެ. ފުލުހުންނަށް މި އެކްސިޑެންޓް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 6:16 ހާއިރު އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އެ ސިޓީގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އީ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވަނީ އެކްސިޑެންޓަށްފަހު މަޑު ނުކޮށް ގޮސްފަ އެވެ.

"މި މައްސަލައާ ގުޅިގެން ސައިކަލު ދުއްވި 21 އަހަރުގެ ދިވެހި ފިރިހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ އެކްސިޑެންޓްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި އެކްސިޑެންޓްގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ބާރު ސްޕީޑުގައި އައި ސައިކަލުން ކުއްޖާ ގައިގައި ޖެހި ދުރަށް ވިއްސައިގެން ދެ އެވެ. ސައިކަލު ދުއްވި މީހާ ވެސް ސައިކަލާއެކު ވެއްޓެ އެވެ. ނަމަވެސް އިރުކޮޅަކުން ތެދުވުމަށްފަހު ސައިކަލާ ދިމާލަށް އޭނާ ހިނގައިގަންނަ މަންޒަރު ފެނެ އެވެ. ކުއްޖާ ނަގަނީ މަގުގެ އެއްފަރާތުގައި ތިބި އަންހެނުން ތަކެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.