"އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ ޝަރަފުވެރި، އިއްޒަތްތެރި ބަޔަކު ނުތިބޭނެ"

"އެހެންވެގެން ތަކުރާރުކޮށް އަޅުގަނޑު އަބަދުވެސް ދަންނަވާފަދައިން، އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި، ޝަރަފުވެރި، އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމައެގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ދުނިޔޭގެ އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި، ޝަރަފުވެރި އަދި އިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްލާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިން ކަމަށެވެ. އަދި އެއީ އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރާ ބޭފުޅުން ކަމަށެވެ.

"އެހެންވެގެން ތަކުރާރުކޮށް އަޅުގަނޑު އަބަދުވެސް ދަންނަވާފަދައިން، އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި، ޝަރަފުވެރި، އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމައެގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ޝިއާރުގައިވާ ފަދައިން މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް، މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި، އުނގަންނައިދިނުމުގެ ފަންނު އިތުރަށް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށެވެ.

"ތިޔަބޭފުޅުންނާއެކުގައި އަޅުގަނޑުމެން މިތިބީ، ތިޔަ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދީ ތިޔަ ބާފުޅުންނަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދީ، ކުރިން މިދެންނެވި ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާއެކުގައި، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކުގައި މުދައްރިސުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މުދައްރިސުންގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހާއްސަ މެސެޖެއް ފޮނުއްވާފަ އެވެ. އެ މެސެޖުގައި، ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުއްވާފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް މުދައްރިސުންގެ ދުވަސް ފާހަގަ ކުރަނީ އޮކްޓޯބަރު ފަސްވަނަ ދުވަހު އެވެ. މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ޔުނެސްކޯއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ރީކާސްޓިން ޓީޗިން އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.