ތުންބާގް އަށް އަނިޔާކޮށް އިޒްރޭލު ދިދާގައި ބޮސްދޭން މަޖުބޫރު ކުރުވި

އެމީހުން ތުންބަގް ބައިތިއްބާފައިިވާ ތަނުގައި ކާބޯތަކެއްޗާއި ބޯފެން ދެނީ މަދުންނެވެ. އަދި އެމީހުން ނިދަން ޖެހޭ އެނދުތަކުގައި ހުރީ ތަންމަކުކު އަޅާފަ އެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ބަލިވެފަ އެވެ.

ތިމާވެށީގެ މުޒާހަރާއެއްގެ ތެރޭންގްރޭޓާ ތުންބަގް ހައްޔަރު ކުރަނީ

އިޒްރޭލުން އަޅާފައިވާ ހިސޯރުގެ ފާރު ފޫއަޅުވާލައި ޣައްޒާ އަށް އެހީގެ ކާބޯތަކެތި ހިފައިގެން ދިޔަ ނައުތަކުގައި ހުރި ތިމާވެއްޓާއި ސުލްހައިގެ އެކްޓިވިސްޓް، ގްރޭޓާ ތުންބާގް ހައްޔަރުކޮށް އޭނާއަށް ލާއިންސާނީ އަނިޔާ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އިޒްރޭލު ކަނޑުގެ ސިފައިން ހަތިޔާރާއެކު އަރައި ބައިނަލްއަގުވާމީ ރަހީނުކޮށްގެން ތުންބަގް ގެންދިއުމަށްފަހު ވަނީ ބަންދުކޮށްފަ އެވެ. އަދި ތުންބާގް އަށް ހާއްސަ ސަމާލުކަމެއް އިޒްރޭލު ސިފައިން ދަނީ ދެމުންނެވެ. އެމީހުން ބައިތިއްބާފައިިވާ ތަނުގައި ކާބޯތަކެއްޗާއި ބޯފެން ދެނީ މަދުންނެވެ. އަދި އެމީހުން ނިދަން ޖެހޭ އެނދުތަކުގައި ހުރީ ތަންމަކުކު އަޅާފަ އެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ބަލިވެފަ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ތުންބްގް ހައްޔަރު ކުރުމަށްފަހު އޭނާގެ ބޮލުގައި ހިފައިގެން ދަމާ އިޒްރޭލުގެ ދިދާގައި ބޮސްދިނުމަށް މަޖުބޫރުކުރި އެވެ. އަދި އެކަން ގަދަކަމުން ކުރުވުމަށްފަހު ޕްރޮޕަގެންޑާ އަށް ބޭނުންކުރުމަށް ފޮޓޯ ނަގާފައިވެ އެވެ. 

ތުންބާގް ހައްޔަރުކޮށް ފާސްކުރަނީ

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ދިޔަ ފްލޮޓިއްލާ ނައުތަކުގައި އިޓަލީގެ އަންހެން މަޖިލީސް މެންބަރަކުވެސް ހުއްޓެވެ. އޭނާ ހިމާޔަތް ކުރަން އިޓަލީ ސަރުކާރުން މަސައްކަތް ކުރިނަމަވެސް ފަހުން އެކަން ހުއްޓާލި އެވެ. އިޓަލީ ކަނޑުގެ ސިފައިންގެ އުޅަނދެއް މެންބަރު ހުންނެވި އުޅަދާއެކު ދަތުރުކުރިނަމަވެސް އިޒްރޭލާއެކު ތަޅާފޮޅުމަކަށް ދާން ބޭނުން ނުވާ ކަމަށް ބުނެ ކަނޑުގެ ސިފައިންގެ އުޅަނދު ވަނީ އަނބުރާ ގެންގޮސްދަ އެވެ. އެންމެފަހުން އޭނާ ވެސް ވަނީ އިޒްރޭލުން ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމާފަ އެވެ. 

ގްރޭޓާ ތުންބާގްއަކީ ކާކު ؟

ގްރޭޓާ ތުންބާގް އަކީ ސްވީޑަންގެ މަޝްހޫރު އެކްޓިވިސްޓެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ކޮޅަށް ކުރާ މަސައްކަތްތަކުންނެވެ. އޭނާ ދުނިޔޭގެ ސަމާލު ކަމަށް އައިސްފައިވަނީ 2018 ވަނަ އަހަރު އުމުރުން 15 އަހަރުގައި، ސްވީޑަންގެ ޕާލިމެންޓުގެ ބޭރުގައި ހުއްޓި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ، "ކްލައިމެޓް ސްޓްރައިކް" ނަމުގައި މުޒާހަރާކުރަން ފެށުމުންނެވެ. ގްރޭޓާ ތުންބާގްގެ މައިގަނޑު މަގުސަދަކީ ސައިންސްގެ ހަގީގަތް ގަބޫލުކޮށް، ދުނިޔޭގެ ސަރުކާރުތަކުން މޫސުމުގެ ކާރިސާއަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަޖުބޫރުކުރުމެވެ. އޭނާއަށް ވަނީ އެތައް އެވޯޑަކާއި އިނާމެއް ލިބިފަ އެވެ. އޭގެ ތެރޭގައި ޓައިމް މެގަޒިންގެ "އެންމެ ނުފޫޒުގަދަ މީހުންގެ" ލިސްޓުގައި ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.