މީޑިއާ ކޮމިޝަނަށް ކުރިމަތިލީ 6 މީހުން، ބަލައިގަތީ 4 މީހެއްގެ ކެންޑިޑެސީ

އީސީން މިރޭ ބުނީ ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ މަގާމަށް ހަތަރު ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ތިން މީހެއްގެ ކެންޑިޑެސީ ވަނީ ގަބޫލުކޮށްފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން ދިވެހި މީޑިއާތަކުގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމާއި މީޑިއާތައް ތަމްސީލުކުރާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު ހަމަވިއިރު ހަ ފަރާތަކުން ކުރިމަތިލާފައިވާއިރު، ބަލައިގެންފައި ވަނީ ހަތަރު އެޕްލިކޭޝަން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މި އިންތިހާބުގައި އީސީން އިންތިހާބު ކުރާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ. އެކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު ހަމަވެފައި ވަނީ މިއަދު މެންދުރު 2:00 އަށެވެ. 

އީސީން މިރޭ ބުނީ ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ މަގާމަށް ހަތަރު ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ތިން މީހެއްގެ ކެންޑިޑެސީ ވަނީ ގަބޫލުކޮށްފަ އެވެ. ނަމަވެސް ކެންޑިޑެސީ ގަބޫލުކުރި އެކަކު ނަން އަނބުރާ ގެންގޮސްފައިވާކަން އީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން އިންތިހާބަކާ ނުލައި ހޮވޭނެ އެވެ.

އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް ދެ ފަރާތުން ފޯމު ހުށަހެޅި ނަމަވެސް ގަބޫލުކޮށްފައި ވަނީ އެތަނުން އެކެއްގެ ކެންޑިޑެސީ ފޯމު ކަމަށް އީސީން ބުންޏެވެ.

އެ މަގާމުތަކަށް ކުރިމަތިލި އެއްވެސް މީހެއްގެ ވަނަވަރު އީސީން ހާމަކޮށްފައެއް ނުވެ އެވެ.

އާ ގާނޫނުގެ ދަށުން ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލަވާލާ އެ ކޮމިޝަންގައި ދެން ތިބޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ. މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް މިހާރު ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.