"އިންޝާ ﷲ މި ފަސް އަހަރު ތެރޭ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފަގީރުންގެ ދަފްތަރުގައި މިހާރު ހައްޖުގެ އަޅުކަން އަދާ ނުކޮށް ތިބީ ގާތްގަނޑަކަށް 376 މީހުން ކަމަށާއި، މި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ އެންމެން ހައްޖަށް ފޮނުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮންމެ އަހަރަކު ދައުލަތުގެ ހަރަދުގައި 50 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް ދެ އަހަރު ތެރޭ 100 ފަގީރުން ވަނީ ހައްޖަށް ފޮނުވާފަ އެވެ.
"އިންޝާ ﷲ މި ފަސް އަހަރު ތެރޭ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވާނެކަން ރައީސް އިއުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެ ރޭ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގެ ތެރޭގަ އެވެ.
އަދި މި ވައުދާ އެއްގޮތަށް މިއަހަރާއި މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ދައުލަތުގެ ހަރަދުގައި ވަނީ މީހުން ހައްޖަށް ފޮނުވާފަ އެވެ.