ރައީސް ޓްރަމްޕުގެ މި އަމުރު އައިސްފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަސް-އިޒްރޭލް ސުލްޙައިގެ ޕްލޭނާ ގުޅޭ ހަމާސްއަށް ހުށަހެޅި އެއްބަސްވުމުގެ ބައެއް ބައިތައް ހަމާސްއިން ގަބޫލު ކުރުމުންނެވެ.
ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއިލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އެމެރިކާގެ ރައީސް ޓްރަމްޕް އިޒްރޭލަށް އަންގައިފި އެވެ.
ރައީސް ޓްރަމްޕުގެ މި އަމުރު އައިސްފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަސް-އިޒްރޭލް ސުލްޙައިގެ ޕްލޭނާ ގުޅޭ ހަމާސްއަށް ހުށަހެޅި އެއްބަސްވުމުގެ ބައެއް ބައިތައް ހަމާސްއިން ގަބޫލު ކުރުމުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކުގެ ބައެއް މުހިއްމު ނުކުތާތައް ހަމާސްއިން ވަނީ ގަބޫލުކޮށްފަ އެވެ. ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ސުލްޙައިގެ ޕްލޭނުގެ ބައެއް މާއްދާތައް ހާމާސްއިން ޤަބޫލުކޮށްފައިވާކަމަށް އެ ޖަމާއަތުން ވަނީ ރަސްމީކޮށް ބުނެފައިވެ އެވެ.
ހާމާސް އިން އެއްބަސްވުމަކަށް އައިސްފައިވާ ބައިތަކުގެ ތެރޭގައި ރަހީނުން ދޫކުރުން ހިމެނެ އެވެ. މި އެއްބަސްވުމުގެ ދަށުން ދިރިތިބި މީހުން ދޫކޮށްލައި އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އިސްރޭލާ ހަވާލު ކުރާނެ އެވެ. އަދި ޣައްޒާގެ އިދާރީ ބައެއް ކަންކަން ފަލަސްތީނުގެ ގައުމީ އެއްބަސްވުމަކަށް ބިނާކޮށް، މުސްތަޤިއްލު ފަރާތަކާ ހަވާލުކުރަން ހަވާލު ކުރާނެ އެވެ.
މި އެއްބަސްވުމުގެ ބައެއް ބައިތަކަށް ހަމާސްއިން އާބަސް ބުނިއިރު، މަޝްވަރާކުރަން ބޭނުންވާ ނުކުތާތަކެއްވެސް ފާހަގަކޮށްފައިވެ އެވެ. ހާމާސްއިން ޤަބޫލުކުރި ނަމަވެސް ޕްލޭނުގެ ބައެއް މާއްދާތަކާ މެދު އިތުރަށް މަޝްވަރާކުރަން ބޭނުންވާކަން އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ކަމަކީ ހަތިޔާރު ބެހެއްޓުމެވެ. އިސްރޭލުން އެންމެ ބޭނުންވަނީ ހާމާސްގެ ހަތިޔާރު ނެތިކޮށްލުމަށްފަހު ހަތިޔާރު ނިގުޅައިގަތުމެވެ.
ޣައްޒާގައި އިޒްރޭލުން ދެ އަހަރާ ގާތްކުރާ ދިގު ހަނގުރާމައެއް ކުރަމުންދާއިރު، އިންސާނީ ހާލަތު ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. މި ލާއިންސާނީ ހަމަލާއަށް 7، އޮކްޓޫބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް އެކަނި ބަލާނަމަ މިހާތަނަށް 66,000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައި ވެއެވެ. އަދި ބަނޑުހައިކަމުގެ ސަބަބުން 455 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.