އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުތުމުން، ފުލުހުން ހުއްޓުވައިފި

މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގަން ފެށުމާ އެކު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފަ އެވެ.

އެމްޑީޕީން މިރޭ އޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާ. --ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާގެ ބައިވެރިންނާއެކު، މަޖިީދީ މަގުން ކުރިއަށްދާން ކުރި މަސައްކަތް ފުލުހުން ހުއްޓުވައި، މުޒާހަރާ ރޫޅާލަން މަސައްކަތް ފަށައިފި އެވެ.

"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދަށް އެތައް ސަތޭކަ ބަޔަކު އެއްވި އެވެ. 

އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު، މުޒާހަރާގެ ބައިވެރިންނަށް ގޮވައިލީ، މަޖީދީ މަގުން މިސްރާބު ޖެހުމަށެވެ.

އެއާ އެކު، މުޒާހަރާގެ ބައިވެރިންނާ އެކު މަޖީދީ މަގުން ކުރިއަށްދާން ކުރި މަސައްކަތް ހެންވޭރު ދަނޑާ ހިސާބުން ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.

އެމްޑީޕީން މިރޭ އޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާ. --ފޮޓޯ: އެމްޑީޕީ

މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގަން ފެށުމާ އެކު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފަ އެވެ. 

ރަޔަޓް ގިއަރާއެކު ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މުޒާހަރާގެ ބައިވެރިން އަދިވެސް ދަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.