މި ނަތީޖާއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ އޮފިޝަަލަކު ވިދާޅުވީ އެސްޑީފް 100 މިލިއަން ޑޮލަރަށްވުރެ އިތުރު ލިކުއިޑް ބެލެންސެއް މި ވަގުތު ހިފެހެއްޓިފައިވުމަކީ ރަނގަޅު ނަތީޖާ އެވެ.
ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް އިތުރުވެ، ފަހަށް ރައްކާ ކުރާ ފަންޑު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް އިތުރު ވެއްޖެ އެވެ.
ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ވަނީ މަތިވެފަ އެވެ. ލޯނު ދެއްކުމާއި ދަރަނި ދެއްކުމުގެ ގާބިލްކަން އުފެއްދުމަށް ފައިސާ ޖަމާކުރާ އެސްޑީއެފްގައި ހުރި ފައިސާގެ މިންވަރު ވަނީ 100 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
މި ނަތީޖާއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ އޮފިޝަަލަކު ވިދާޅުވީ އެސްޑީފް 100 މިލިއަން ޑޮލަރަށްވުރެ އިތުރު ލިކުއިޑް ބެލެންސެއް މި ވަގުތު ހިފެހެއްޓިފައިވުމަކީ ރަނގަޅު ނަތީޖާ އެވެ.
އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ އިގްތިސާދީ ހިރާސްތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، މި އަދަދުތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ވަރުގަދަކުރުމުގައި މިސަރުކާރުން އަޅަމުންދާ ފާހަގަކޮށްލެވޭ އިސްލާހުތަކުގެ ސަބަބުން ކުރިއެރުން ލިބިފައިވާކަމެވެ.
މި ކުރިއެރުން ފާހަގަކުރެވެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މާލީ ހަރުދަނާކަން އަލުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.
"17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން. ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް،" ރައީސް ލިޔުއްވާފައިވެއެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ސަރުކާރުން މާލީ އިލްތިޒާމުތައް އަދާކުރުމަށް އަމާޒު ހިފައިގެން، ހަރުދަނާކަމާއި ކުރިއެރުން ޔަގީންކުރުމަށް އިޞްލާޙީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ކަމަށެވެ.