ގައުމީ ޓޫރިޒަމް ދުވަހު އެޗްޑީސީން ސާފު ކުރުމުގެ ގައުމީ ހަރަކާތެއް

ގައުމީ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތުގެ އިތުރުން "ކޯސްޓަލް ކްލީނަޕް" ހަރަކާތެއްވެސް މިއަދު އޮންނާނެ އެވެ.

އެޗްޑީސީ އިން މިއަދު ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގެ ތެރޭން -- ފޮޓޯތައް ؛ އެޗްޑީސީ

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޝިއާރުތަކާއެކު ސާފު ކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ. 

ހުޅުމާލޭގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި އެހެން ވުޒާރާތަކުގެ ވަޒީރުންނާއި އިސްވެރިން ވެސް ބައިވެެރިވަޑައިގެތެވެ. 

މި ރަސްމިއްޔާތު ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގު ވަނީ ރާއްޖޭގެ ތިމާވެއްޓާ ޓޫރިޒަމާ ހުރި ގުޅުމުގެމައްޗަށް އަލިއަޅުއްވާ ލައްވާފަ އެވެ. 

މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުން ވެސް ކުރިއަށް ގެންދިޔަ އެވެ. މި މަސައްކަތަކީ ހުޅުމާލެ ޗެނަލް ޕާކަކީ ފުރިހަމަ ރީތިތަނަށް ހަދަން އެޗްޑީސީއިން ކުރިއަށް ގެންދާ ޕްރޮގްރާމެވެ.
 ކޯސްޓަލް ކްލީނަޕް ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތައް ވެސް ސާފުކުރުން ވެސް މިއަދުއޮންނާނެ އެވެ. 

ގައުމީ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޗްޑީސީ އިން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް އެ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ "ކޯސްޓަލް ކްލީނަޕް" ހަރަކާތާއެކު، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް ޕެނަލް ޑިސްކަޝަންވެސް އޮންނާނެ އެވެ. މި ހަރަކާތް އޮންނާނީ މިރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.