އެމްއެމްޕީއާރުސީ/ފެނަކައިގެ ހިޔާނާތުން މަންފާ ލިބުނު އާންމުންނާ ހަމައަށް ތަހުގީގު ފުޅާކުރަން އަންގައިފި

މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީސް، ފޮޓޯ: ސަން

އެމްއެމްޕީއާރުސީގެ ތެރެއިން ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގު، ފުލުހުންނާ ގުޅިގެން ފުޅާކޮށް، އަވަސްކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަންގައިފި އެވެ.

އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ދައުލަތުން ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތަކެއް މިދިޔަ ސަރުކާރުގައި ވަނީ ހަދާފަ އެވެ.

ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީ މައްސަލާގައި، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލްކޮށް، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، ހުށަހެޅުމަށް މިދިޔަ ޖެނުއަރީ މަހު އޭސީސީއަށް އަންގާފައިވާނެ ކަމަށެވެ. 

އަދި އެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބު މަޝްވަރާކުރުމަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް އިއްޔެ އޭސީސީއަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ. 

"އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ،" ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލަތަކުގައި އޭސީސީއަށް އެހީތެރިކަން ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް ވަނީ އެކުލަވާލާފަ އެވެ. 

"އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުހައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ހިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަހުގީގެއް ކުރިޔަށް ގެންދިޔުމަށް ދަންނަވާފައިވާނެ އެވެ."

މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.