ސައުދީގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ސައުދީ އަރަބިއްޔާގެ 95 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ވެސް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ސައުދީގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ސައުދީގެ 95 ވަނަ ގައުމީ ދުވަސް ފާހަގަކުރަން މާލޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި، ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު ޔަހްޔާ ހަަސަން އަލް ގަހުތާނީގެ އިތުރުން އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ދައުލަތުގެ އިސްވެރިން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސައުދީގެ ގައުމީ ދުވަހާ ގުޅިގެން ސަފީރު، ޔަހްޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށެވެ. އަދި، ދެ ގައުމުގެ ގުޅުން ހުރިހާ ދާއިރާއަކަށް ވެސް ފުޅާވަމުން އަންނަކަން ސަފީރު ވަނީ ފާހަގަކުރައްވާފަ އެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ "ކިންގްޑަމް އޮފް ނަޖުދު އެންޑް ހިޖާޒް"ގެ ނަމުން ސައުދީ އަރަބިއްޔާގެ ނަމަށް އެ ގައުމުގެ ނަން ބަދަލުކުރި ދުވަހެވެ. ސައުދީ އަރަބިއްޔާއަށް ނަން ބަދަލުކުރީ ސެޕްޓެމްބަރު 23، 1932 ގައެވެ.
ރާއްޖެއާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މަހު 17، 1981 ގައެވެ.