ބޭންކަށް 6.3 މިލިއަން ރުފިޔާ ދައްކަން އަލްހާނާ އާއިލާއަށް ހުކުމެއް

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާ އިތުރު ތިން މީހަކު ދިވެހި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ 6.4 މިލިއަން ރުފިޔާ ނުދައްކާ އޮވެގެން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އަލްހާން ފަހުމީ: ލޯނު ނުދެއްކުމުން އާއިލާއަށް ހުކުމެއް އައި -- ފޮޓޯ: ދަ އެޑިޝަން

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ އާއިލާ އިތުރު ތިން މީހަކު ދިވެހި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ 6.4 މިލިއަން ރުފިޔާ ނުދައްކާ އޮވެގެން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް އައިސްފައި ވަނީ އަލްހާނާއި ކއަޒްހާން ފަހުމީ އާއި ހާމިދު ފަހުމީ، އަދި މުހައްމަދު ފަހުމީގެ މައްޗަށެވެ. ބޭންކުގެ ރަހުނު އެއްބަސްވުމުގައި ހާމިދު ފަހުމީ އާއި މުހައްމަދު ފަހުމީ ސޮއި ކޮށްފައި ވަނީ ރަހުނު ބަހައްޓާ ފަރާތުގެ ހައިސިއްޔަތުންނެވެ. އަލްހާނާއި އަޒްހާން ސޮއިކުރީ ލޯނު ނަގާ ފަރާތުގެ ގޮތު އެވެ.

ދިވެހި ބޭންކުގެ ދައުވާއަކީވެސް އެ ފައިސާ ދެއްކުމަށް އެ މީހުންގެ މައްޗަށް އަމުރެއް ކޮށްދިނުމާއެކު އެ ފައިސާ ނުދައްކާ ނަމަ ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ މ. ފިނިވާގެ 2 ނަންބަރު ބައި، ގޯއްޗާއި އެ ގޯތީގައިވާ \އިމާރާތްތައް ބޭންކަށް ރަހުނު ކޮށްފައިވާ ކަމަށް ކަނޑައަޅައި ދޭށެވެ.

ހުކުމް ބުނާ ގޮތުން 6،403،600 ރުފިޔާގެ ލޯނުން ބާކީ އަދިވެސް 6،396،099.44 ރުފިޔާ ނުދައްކާ އެބަ އޮތެވެ. މި މައްސަލަ ކުރިއަށް ގެންދަން ދައުވާގައި ހިމެނޭ އެއްވެސް މީހަކު އެއްބާރުލުން ނުދޭ ކަމަށް ކޯޓު ހުކުމުގައިވާއިރު ސެޕްޓެމްބަރު 29 ގެ ނިޔަލަށް އެ ފައިސާ ދައްކާ ހަލާސް ނުކޮށްފިނަމަ އެއްބަސްވުމުގައި ރަހުނު ކުރެވެން އޮތް މުދާ ރަހުނުގެ ގޮތުގައި ނެގޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.