މި ބަދަލުން ކުރިން އަތުން އަދި ޕެންޝަން ފަންޑުން ހަމަކުރާ 20 ޕަސެންޓުގެ ފައިސާ މަދުވެގެންދާނެ އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ 20 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
މިއީ ކުރިން ގެދޮރު ގަތުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި20% އިން ފެށިގެން ކަނޑައަޅާފައިވާ ނިސްބަތަށް ގެނައި ހެޔޮ ބަދަލެކެވެ.
ބޮޑު މި ބަދަލާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިދަނީ ހެޔޮ ބަދަލުތައް ގެންނަމެވެ.
"ގެދޮރު ގަތުމަށް ފައިނޭންސިންގ ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް އެންމެ %5 އަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ،: ޝަރީފު ވިދާޅުވ އެވެ.
މި ބަދަލުން ވާނެ ގޮތް- މިހާރު ފްލެޓު ލޯނު ނަަގައިގެން ގަންނަ ފަރާތްތަކުން ފުރަތަމަ ދައްކާ 20 ޕަސެންޓް ހަމަކުރަނީ ޕެންޝަން ފަންޑާއި އަތުގައި ހުންނަ ފައިސާއިންނެވެ. ނަމަވެސް މި މިބަދަލާއެކު މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން %20 ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާއެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވާނެ
ބީއެމްއެލް އިން ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު ތިން މިލިއަން ރުފިޔާ އަށް ބޮޑުވެސް ކޮށްފައެވެ.