މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ސްޓެލްކޯގެ އެމްޑީ އަހުމަދު ސަމާހު ރަޝީދު އެވެ. ރިޓަޔާ ކުރެއްވި ބޭފުޅުންގެ ތެރޭގައި 42 އަހަރު ހިދުމަތް ކުރެއްވި ބޭފުޅުންވެސް ހިމެނެ އެވެ.
ސްޓެލްކޯ އަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްވީ ތިން ހިދުމަތްތެރިއަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިިފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން އިހްލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ހިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔާކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ.
މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ސްޓެލްކޯގެ އެމްޑީ އަހުމަދު ސަމާހު ރަޝީދު އެވެ.
ކަރަންޓުގެ ހިދުމަތުގައި 75 އަހަރުވެފައިވާ ސްޓެލްކޯއަކީ ގިނަ ދުވަސްވީ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެވެ. މި ކުންފުނީގެ ހިދުމަތް ވެރިރަށް މާލޭގެ އިތުރުން 35 ރަށެއްގައި ހިދުމަތްދެ އެވެ.