ސްޓެލްކޯ އިން ބުނީ އެ ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 25 މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
ސްޓެލްކޯ މުވައްޒަފުން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުވަން ބްލިސް މޯލްޑިވްސްއާއި ގުޅިގެން ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ނަފްސާނީ ދުޅަހެޔޮ ކަމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 25 މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
މި ވާކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
ސްޓެލްކޯ އިން ބުނީ މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތާއި މެދު ހޭލުންތެރިކޮށް، ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް ވާކްޝޮޕްގެ ބައިވެރިނަށް ދަސްކޮށްދީފައިވެ އެވެ.