މާލޭގައި ޕާކުކުރަން ކުއްޔަށް ދޫކުރި ޖާގަތަކަށް އާންމުކޮށް ހުޅުވާލައިފި

މަގުމަތީގައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް މިއަދުން ފެށިގެން ޕާކު ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ޕާކިން ސްލޮޓްތަކުގައި ވެހިކަލްތަކެއް ޕާކުކޮށްފައި --

މާލޭގެ އެކި ތަންތަނުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން ކުއްޔަށް ދޫކޮށްފައިވާ ޖާގަތަށް އާންމުކޮށް ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ދޫކޮށްފައި ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންވެ، މިއަދު ފެށިގެން މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ކެނޑުވުމުގެ ގޮތުން، ވަކި ކަމަކަށް ބޭނުންކުރާ ތަންތަން ފިޔަވައި މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް ޕާކު ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ. 

"01 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން، މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށްވެސް ޕާރކް ކުރެވޭނެކަމުގައި ދެންނެވީމެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ޕާކިން ސްލޮޓްތައް ކުއްޔަށް ދެމުންދިޔައީ ޓެކްސީތަކަށް މަހަކު 650 ރުފިޔާ، ޕްރައިވެޓް ކާރުތަކަށް މަހަކު 1500 ރުފިޔާ އަދި ކުންފުނިޔަކަށް މަހަރު 3000 ރުފިޔާގެ ރޭޓުންނެވެ.

މާލޭގެ މަގުމަތަކުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން ޖާގަ ކުއްޔަށް ދޫކޮށްފައިވެ އެވެ. އެކަން ކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުގެ މަގާމުގައި ހުންނަވައިގެންނެވެ. އޭގެ ސަބަބުން މަގުތަކުގައި ދުއްވަން އުނދަގޫވެ، ޓްރެފިކަށް ބުރޫ އަރާ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.