"ރާއްޖެ ދެކެމުން މިދަނީ ދީނީ ހިދުމަތްތަކަށް ހެޔޮ ދުވަސްތަކެއް"

އެކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އިނާމްތަކަށް ރައީސް ކަނޑައަޅުއްވާފައި ވަނީ ތާރީހީ އިނާމުތަކެއް ކަމަށެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިހާރު ރާއްޖޭގައި މިހާރު އޮތީ ގުރުއާން އިލްމު ފެތުރުމާއި، އެހެނިހެން ދީނީ ހިދުމަތްތަކުގެ ހެޔޮ ދުވަސްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ޝަހީމް ވިދާޅުވެއްޖެ އެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ ގައުމީ ގުރުއާން މުބާރާތުގައި އެއްވަނަ ހޯދާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ އިނާމުތައް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.

އެކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އިނާމްތަކަށް ރައީސް ކަނޑައަޅުއްވާފައި ވަނީ ތާރީހީ އިނާމުތަކެއް ކަމަށެވެ.

"ރާއްޖެ ދެކެމުން މިދަނީ ގުރުއާންގެ އިލްމު ފެތުރުމާއި އެހެނިހެން ދީނީ ހިދުމަތްތަކުގެ ހެޔޮ ދުވަސްތަކެއް އިންޝާ ﷲ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުން ފެށިގެން ގައުމީ މުބާރާތް ދައުލަތުގެ ބަޖެޓުން ހިންގުމަށް ރައީސް އޮތީ ނިންމަވާފަ އެވެ. އެކަމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެކަން އިއުލާނު ކުރައްވާފައި ވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގަ އެވެ.

ރައީސް އިއްޔެ ވިދާޅުވީ އެ ވައުދާ އެއްގޮތަށް މިއަހަރުން ފެށިގެން، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް، ބޭނުން ގައުމަކުން ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެއީ ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ އެވެ.

އަދި މުޅި މުބާރާތުން މި ދެންނެވި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.