އޮގަސްޓް މަހު އަގު ދަށްވީ ކަރަންޓު ބިލް، މަތިވީ މޭވާ

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ޖުމްލަ އިންފްލޭޝަން % 0.36 ޕަސެންޓު އުފުލެއް ފާހަގަވިއިރު ހިދުމަތުގެ އަގުތައް އެންމެ ދަށަށް ގޮސްފައިވަނީ ކަރަންޓު އެވެ.

ބާޒާރުގައި ވިއްކަން ހުރި ތަރުކާރިގެ ބައެއް ބާވަތްތައް

މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ޖުމްލަ އިންފްލޭޝަން 0.36 ޕަސެންޓު އުފުލެއް ފާހަގަވިއިރު ހިދުމަތުގެ އަގުތައް އެންމެ ދަށަށް ގޮސްފައިވަނީ ކަރަންޓުގެ އަގު އެވެ. 

ތަފާސް ހިސާބުގެ އިދާރާ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މިދިޔަ އޮގަސްޓް މުޅިރާއްޖޭގައި ހިދުމަތާއި ތަކެތީގެ އަގުތައް އުފުލުން ހުރީ ޖުލައި މަހާ އަޅާބަލާއިރު 0.36 ޕަސެންޓްގަ އެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ކިޔާނަމަ ހުރީ 4.14 ޕަސެންޓް އުފުލުމެއްގަ އެވެ. އަދި މާލެ ވަކިން ބަލާނަމަ ހުރީ 3.20 ޕަސެންޓްގަ އެވެ. އަދި އަތޮޅުތަކުގައި ހުރީ 5.59 ޕަސެންޓްގަ އެވެ. 

އަގު އުފުލުނު ބާވަތްތައް

  • މޭވާ - 3.91% +
  • ތަރުކާރީ - 2.19% +
  • މޮބައިލް ކޮމިއުނިކޭޝަން - 0.44% +
  • ކާނާގެ ބާވަތްތައް - 0.61% +
  • ހަކުރު، ޖޭމް ، މާމުއި، ޗޮކްލެޓް - 0.67% +
  • ކިރާއި ބިސް - 0.25% +

ކަރަންޓު ބިލްތަކުގެ އަގުތައް ދަށް

މިދިޔަ މަހު އެންމެ ބޮޑަށް އަގުތައް ދަށަށް ގޮސްފައިވަނީ ކަރަންޓު ބިލްތަކުގެ އެވެ. މިބައިން 2.11 ޕަސެންޓްގެ ދަށްވުމެއް ފާހަގަވެ އެވެ. އަދި އެއްގަމު މަހުގެ ބައިން 0.29 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި ހައުސްހޯލްޑް އެޕްލަޔަންސުގެ ބައިން ވެސް 0.10 ޕަސެންޓްގެ އުފުލުމެއް އައިސްފައިވެ އެވެ. މީގެ އިތުރުން ފެނުގެ އަގުވެސް ވަނީ 0.08 ޕަސެންޓް ދަށްވެފަ އެވެ. 

ސީޕީއައި ބަލާގޮތް - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.