ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް އިން އެކްސިޑެންޓްތަކުގައި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމުގެ އިތުރުން އެމީހެއްގެ އުޅަނދާއި އަމިއްލަ މީހާއަށް ލިބޭ ގެއްލުންތައް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ތަފާތު ކަވަރޭޖުތައް ހިމެނެއެވެ.
އުޅަނދު އިންޝުއަރެންސް ކުރަން ގާނޫނަކުން މަޖުބޫރު ވަނީ ތާޑްޕާޓީ މޮޓޯ ތަކާފުލް އެވެ. އެކަމަކު ހަގީގަތުގައި އުޅަނދެއް ގަތުމަށްފަހު ނަގަންވީ ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް އެވެ. ގިނަ ބައިތަކެއް ހިމެނެނީ މި ތަކާފުލް ޕުލޭނުންނެވެ. ސަބަބަކީ މިހާރު މާލޭގެ މަގުތަކުގެ ހާލަތަށް ބަލައި އެންމެ ރަނގަޅު ހިދުމަތެއް ލިބިދެނީ މީގެން ކަމަށްވުމެވެ.
ސުވާލަކީ ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް އިން ދެނީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ މި ޕުލޭން ނަގާނީ ކިހިނެއް ހެއްޔެވެ؟
ތާޑް ޕާޓީ މޮޓޯ ތަކާފުލް އަކީ ހަމައެކަނި ތިންވަނަ ފަރާތަކަށް، އަނެކާގެ އުޅަނދަށް ނުވަތަ ތަނަކަށް ނުވަތަ މީހަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދޭ ޕްލޭނެކެވެ. ނަމަވެސް ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް އިން އެކްސިޑެންޓްތަކުގައި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމުގެ އިތުރުން، އެމީހެއްގެ އުޅަނދާއި އަމިއްލަ މީހާއަށް ލިބޭ ގެއްލުންތައް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ތަފާތު ކަވަރޭޖުތައް ހިމެނެ އެވެ.
ކޮމްޕްރިހެންސިވް ކަވަރޭޖު ފަރުމާކޮށްފައިވަނީ ސައިކަލް ވަގަށް ނެގުމާއި ފުރާނަ އަށް ގެއްލުވުން ފަދަ ކަންކަމުގެ ސަބަބުން ބަދަލު ލިބޭނެ ގޮތަކަށެވެ.
މި ޕްލޭން ނަގާނީ ކިހިނެއް؟ އޮންލައިން ޚިދުމަތްތައް އެލައިޑްގެ ޕޯޓަލް މައިއެލައިޑް އިން ފަސޭހަކަމާއެކު އޮންލައިންކޮށް ނެގޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.