މުބާރާތުގައި ބައިވެރިވެވޭނީ ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތް ބާއްވާނީ ދެ ގިންތިއަކަށް ބާހާލައިގެންނެވެ. އެގޮތުން، ޖޫނިއަ ގިންތީގައި ހިމެނޭނީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނެވެ.
ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަކޮށްގެން މަރުކަރީ ބޭންކް، އެމްއެމްއޭ އިން ފިއުޗާފައިނޭންސް މަޒުމޫނު މުބާރާތެއް ފަށައިފި އެވެ.
އެމްއެމްއޭ އިން ކުރިއަށް ގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މުބާރާތުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން ވަކިން ހައްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާއި ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަގުބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުމެވެ.
ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތް ބާއްވާނީ ދެ ގިންތިއަކަށް ބާހާލައިގެންނެވެ. އެގޮތުން، ޖޫނިއަ ގިންތީގައި ހިމެނޭނީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނެވެ. އަދި ސީނިއަރ ގިންތީގައި ހިމެނޭނީ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނެވެ. ހުރިހާ މަޒުމޫނެއް ވެސް ލިޔާނީ އިނގިރޭސި ބަހުންނެވެ.
މި މުބާރާތުގެ ބައިވެރިން ލިޔާ މަޒުމޫނުތަކަކީ އެބައިވެރިއެއްގެ އަމިއްލަ ލިއުމަކަށް ވާންވާނެއެވެ. އަދި އެއީ ކުރިން ޝާއިޢުކޮށްފައިނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިނުވާ ލިޔުމަކަށް ވާންވާނެ އެވެ. ކޮންމެ ގިންތިއެއްގައިވެސް އެންމެ މޮޅު މަޒޫމޫނަށް 3,000 ރުފިޔާ، ދެވަނައަށް 2,000 ރުފިޔާ، ތިންވަނައަށް 1,000 ރުފިޔާ، އަދި ކޮންމެ ގިންތިއަކުންވެސް ޚާއްޞަ މަޒުމޫނަކަށް 500 ރުފިޔާގެ އިނާމު ލިބޭނެއެވެ. އިތުރުން، ހޮވޭ ލިޔުންތައް އެމްއެމްއޭއިން ހިންގާ މާލީ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ބޭނުންކުރެވިދާނެ އެވެ.
މި މަޒުމޫނުތައް ލިޔަންވާނީ 700 އާއި 1,200 ލަފުޒުގެ ދެމެދުގައި، ޓައިމްސް ނިއު ރޯމަން ފޮންޓުގައި، އިނގިރޭސި ބަހުންނެވެ. އަދި ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނީ ދަރިވަރުގެ މަޢުލޫމާތު ހިމެނޭ ކަވަރ ޕޭޖަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައެވެ.
މުބާރާތުގެ ބައިވެރިން މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ނުވަ ދުވަހުގެ 23:59 އަށް tamweel@mma.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.