މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.

މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން ދިވެހި މީޑިއާތަކުގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ދާދި ފަހުން ތަސްދީގު ކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާ މި ކޮމިޝަނުގައި ތިބެނީ ޖުމްލަ ހަތް މެންބަރުންނެވެ.

އޭގެ ތެރެއިން ތިން މެންބަރުން ކަނޑައަޅަނީ މަޖިލީހުންނެވެ. އަނެއް ހަތަރު މެންބަރުން ހޮވަނީ އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބަކުން، މީޑިއާތަކުން ދޭ ވޯޓަކުންނެވެ.

މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ. ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި، އެގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، އައިޑީކާޑު ކޮޕީގެ އިތުރުން ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

ކޮމިޝަންގެ މެންބަރުން އައްޔަނު ކުރަނީ ފަސް އަހަރަށެވެ. ކޮންމެ މެންބަރަކަށް ވެސް މެންބަރުކަން ކުރެވޭނީ ދެ ދައުރުގަ އެވެ.

މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލާން އީސީން ވެސް ވަނީ ހުޅުވާލާފަ އެވެ. މި އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ހޮވާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.

އީސީ އިން ނެރެފައިވާ ލިސްޓުގައި، 353 މީޑިއާ އަދި ބްރޯޑްކާސްޓަރުންނަށް އެ އިންތިހާބުގައި ވޯޓު ލެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.