ސްޓެލްކޯގެ އިންޖިނޭރުން | މި މަަސައްކަތުގައި ރާއްޖޭގެ އެންމެ ހުނަރުވެރިން

ކަރަންޓުގެ މައްސަލައެއް ހައްލު ނުވެެގެން އުޅޭނަމަ މުޅިރާއްޖެވެސް ހޯދާނީ ސްޓެލްކޯ އިންޖިނޭރުންނެވެ. މި ޓީމުގެ އެހީތެރިކަން ވަނީ މުޅިރާއްޖެއަށް ފެތުރިފަ އެވެ.

ސްޓެލްކޯގެ ބައެއް އިންޖިނޭރުން މަސައްކަތުގައި : އެ ކުންފުނީގެ އެންމެ މުހިންމު އެއް ބަޔަކީ އިންޖިނޭރުން -- ސްޓެލްކޯ

މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ހދ. ކުޅުދުފުށި އަނދިރިވި އެވެ. ސަރުކާރުގެ އެހެން ކުންފުންޏަކުން ބަލަހައްޓަމުން ދިޔަ މި އިންޖީނުގެއަށް ދިމާވި މި މައްސަލަ ހައްލުކުރަން އެ ކުންފުނިން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު އެކަން ހައްލެއް ނުވި އެވެ. ނަތީޖާއަކީ ސަރުކާރުން އެ ރަށަށް ސްޓެލްކޯގެ އިންޖިނޭރުން ޑިޕްލޮއި ކުރަން ނިންމުމެވެ. ސްޓެލްކޯގެ އިންޖިނޭރުންގެ ޓީމަކުން އެރަށަށް ގޮސް ދިމާވި މައްސަލަ ހޯދައި ހައްލު ކުރި އެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ރިސޯޓްތަކާއި މުޅިރާއްޖޭގެ އެކި ހިސާބުތަކުގައި ދިމާވާ ކަރަންޓާ ގުޅުންހުރި ކަންމުގައި އަބަދުވެސް ލީޑްކުރާ ބަޔަކީ ސްޓެލްކޯ އެވެ މިހެން ނުވާނެ ސަބަބެއް ނެތެވެ. ސްޓެލްކޯއަކީ ރާއްޖޭގެ އެންމެ ގިނަ އިންޖިނޭރުގެ "ލަޝްކަރު" އޮތް ކުންފުންޏެވެ. އަބަދު 24 ގަޑިއިރު އެލާޓުގައި ތިބޭ މި އިންޖިނޭރުންނަކީ ހުށިޔާރު ކުލަދާނަ ބައެކެވެ. 

"މި އިންޖީނުތައް ބެހެއްޓި މައި ކުންފުނި - ވަޓްސެލާ- ގެ އިންޖިނޭރުން ވެސް ތައުރީފު ކުރާ ބައެއް ސްޓެލްކޯގެ އިންޖިނޭރުންނަކީ، އެމީހުންގެ ހުނަރުވެރިކަމުގެ ވާހަކަ އެ ކުންފުނިން ވެސް ދައްކާ،" ސްޓެލްކޯގެ ކުރީގެ ވެރިއަކު އެ ކުންފުނީގެ އިންޖިނޭރުންނާމެދު ބުންޏެވެ.

ސްޓެލްކޯ ބައެއް އިންޖިނޭރުން ފޮޓޯއަކަށް ހުއްޓިގެން

ސްޓެލްކޯގައި 150 އިންޖިނޭރުން ހަރަކާތެރިވެ އެވެ. މީގެތެރޭން ބޮޑު ބަަޔަކީ ޔުނިވާސިޓީ ގްރެޖުއޭޓުންނެވެ. އަދި ގިނަ އަދަދެއްގެ އިންޖިނޭރުންނަކީ ޔުނިވާސިޓީތަކުން ގްރެޖުއޭޓް ވެގެން ނުނިކުތްނަމަވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ހުރަނާއި ތަޖުރިބާ ހުރި މީހުންނެވެ. އެ މީހުން އިންޖީނު ގޭގައި އުޅެ ދަސްކުރި ހުނަރުތައް ވެގެން ގޮސްފައިވަނީ ގްރެޖުއޭޓް ވެގެން ނުކުތް ކުދިންނަށް ނޭނގޭ އިންޖީނުތަކުގެ "އެތެރެ ހަށީގެ" އެތައް "ބައްޔެއް" ދެނެގަތުމުގެ ހަރުހުރި ބަޔަކަށްވުމެވެ. ނަތީޖާއަކީ މި ދެބައި މީހުން ގުޅުން ވެގެން ގޮސްފައިވަނީ ސްޓެލްކޯއަކީ އެންމެ ވަރުގަދަ އިންޖިނޭރުން ތިބި ކުންފުންޏަށްވި ސަބަބެވެ. 

މި އިންޖިނޭރުންގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފެންނަނީ ކަރަންޓުދާ ވަގުތުތަކުގަ އެވެ. މައްސަލަ އަވަހަށ ދެކެގަނެ އެތަނަށް ކަރަންޓު ދިނުމުގައި އެ މީހުންނަކީ ނެޓްވޯކް ހިތުދަސް ބައެކެވެ. މީގެ އިތުރުން އަމިއްލައަށް އިންޖީނުގެ ބައިތައް ބޭނުންކޮށްގެން ހުރި ރިސޯސްތަކާއެކު މަސައްކަތް ކުރުމުގައި ވެސް މިހާތަނަށް ސްޓެލްކޯ އިންޖިނޭރުން ދައްކާފައިވަނީ އާދަޔާ ހިލާފު ހުނަރުތެރިކަމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.