މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، 12 އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކޮށްފި އެވެ.
މައުމޫން 2016 ވަނަ އަހަރު މޯލްޑިވްސް ގޭސްގެ އެމްޑީގެ މަގާމުގައި ހުރިއިރު، ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ދެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
އެހެންވެ، ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.
ދެން އުފުލާފައިވާ ފަސް ދައުވާގެ ހުކުމް ކުރުން އޮތީ އެހެން ދުވަހެއްގަ އެވެ.
މި ދައުވާތައް އުފުލާފައި ވަނީ މައުމޫނާއި މައުމޫންގެ އާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާ ގައެވެ.
މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
މިއިން ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ހަތް ދައުވާ ސާބިތުވެއްޖެނަމަ 22 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.