އެލައިޑް ތަކާފުލްއަށް އިސްލާމިކް ފައިނޭންސިގެ ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް

މެލޭޝިއާގައި އޮތް ރަސްމިއްޔާތެއްގައި އެލައިޑުގެ އިސްލާމިކް ވިންޑޯ އެލައިޑް ތަކާފުލްއިން "ޖިފާ އެކްސެލެންސް އެވޯޑް 2025" އާ ހަވާލުވެޑައިގަތީ އެލައިޑް ތަކާފުލްގެ މެނޭޖަރު ފާތުމަތު ނިޒްމާ އެވެ.

ޖިފާ އެކްސެލެންސް އެވޯޑާ އެލައިޑް ތަކާފުލްގެ މެނޭޖަރު ފާތުމަތު ނިޒްމާ ހަވާލުވެވަަޑައިގަންނަވަނީ -- އެލައިޑް

ރާއްޖޭގެ އެލައިޑް ތަކާފުލް އަށް އިސްލާމިކް ފައިނޭންސިން ދާއިރާގައި ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ "ޖިފާ އެކްސެލެންސް އެވޯޑް 2025" ލިބިއްޖެ އެވެ.

ދުނިޔޭގެ އިސްލާމިކް ފައިނޭންސިންގެ އެންމެ ބޮޑު ހަބް ކަމަށްވާ މެލޭޝިއާގައި އޮތް ރަސްމިއްޔާތެއްގައި އެލައިޑުގެ އިސްލާމިކް ވިންޑޯ އެލައިޑް ތަކާފުލްއިން "ޖިފާ އެކްސެލެންސް އެވޯޑް 2025" އާ ހަވާލުވެޑައިގަތީ އެލައިޑް ތަކާފުލްގެ މެނޭޖަރު ފާތުމަތު ނިޒްމާ އެވެ.

ކުލަގަދަ މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ މެލޭޝިއާގެ ބޮޑުވަޒީރު ދާޓޯ ސްރީ އަންވަރު ބިން އިބްރާހިމް އާއި މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އެވެ. މިއީ މި ހަފުލާ އިތުރަށް ވަރުގަދަ ވެގެން ދިޔަ ކަމެކެވެ.

މިއީ ކޮން އެވޯޑެއް ؟ - އެލައިޑް ތަކާފުލް އަށް ޖިފާ އެކްސެލެންސް އެވޯޑް ލިބިފައިވަނީ މި ޝަރަފުވެރި ޝަރަފުގައި ޝަރިއްޔާ ހުއްދަ ކުރާ ހަމަތަކާއި އިޖުތިމާޢީ ޒިންމާއެކު ރާއްޖެއަށް އިތުބާރުހުރި ތަކާފުލް ހައްލުތައް ފޯރުކޮށްދިނުމަށް އެލައިޑް ތަކަފުލްއިން ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.