މަކިޓާއަކީ 1915 ވަނަ އަހަރު އުފަންވި ކުންފުންޏެވެ. މި ކުންފުނިން އެސްޓީއޯއާ ގުޅިގެން ރާއްޖޭގައި މަކިޓާ ވިޔަފާރި ފެށީ 1998 ވަނަ އަހަރު އެވެ.

ޖަޕާނާއި ދުނިޔޭގައި އެންމެ މަގުބޫލު ޕަވާ ޓޫލްސް ބްރޭންޑް "މަކިޓާ" ޖަޕާނުގެ ނާގޯޔާގައި މޮސާބޫރޯގައި އުފަންވުމުގެ ބިންގާ އެޅުނީ މީގެ ގަރެއްގެ ކުރީގައި 1915 ވަނަ އަހަރު އެވެ. އެއީ ފުރަތަމަ ބޮނޑު ހަނގުރާމައިގެ ހޫނުގަދަކަމުގެ މެދުތެރެ އެވެ. މި މަސައްކަތް ފެށިގެން އައީ ކުދިކުދި މަސައްކަތް ކުރާ އާއިލީ ކުޑަ ވިޔަފާރިއެއްގެ ގޮތުގަ އެވެ. އޭގެފަހުން އިންޖީނުގެ މޯޓަރު އުފައްދަން ފެށި އެވެ. ހަމަ އިސާހިތަކު ޖަޕާނުގެ މި ޓެކްނޮލޮޖީ ދޮށިގަނޑު ފަޅައި ދުނިޔެއަށް ނުކުތެވެ. އޭގެ އަހަރުތަކެއް ފަހުން ރާއްޖޭގެ އެންމެ ބޮޑު އަދި ދިވެހިން އެ ކުންފުންޏަކަށް ބަރޯސާވާ ފަހުރުވެރިވާ އެސްޓީއޯއާއެކު ގުޅުމެއްގެ ގޮށެއް އެއްސި އެވެ.
ދިވެހިންނަށް ކާނާގެ ޔަގީންކަމަށް އުފެއްދި އެސްޓީއޯއާ ގުޅިގެން މަކިޓާ ޕަވާޓޯލޫލްސް 1998 ވަނަ އަހަރު ރާއްޖޭގެ ހަފޮޅުން އެތެރެވުން ވެގެން ދިޔައީ ދިވެހި މަސައްކަތްތެރިންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެވެ. މަސައްކަތަށް ލިބުނު ފުރިހަމަ ހަތިޔާރަކަށެވެ. ކުރިން ކަޅު ބާޒާރުން ޕަވާޓޫލްސް ގަނެގެން އެ ހަލާކު ވެގެން ހެދޭނެ ގޮތެއް ނެތިގެން ދަތްދޮޅީގައި އަތް ވިދެލައިގެން ތިބި ދިވެހި މަސައްކަތްތެރިންނަށް މަކިޓާގެ އޮރިޖިނަލްސް ޓޫލްސް ގެނެސް ދިނީ އިތުބާރެވެ. މަސައްކަތުގެ ފޯރި އެވެ. ސަބަބަކީ މަކިޓާގެ އުފެއްދުންތައް ގެންގުޅެން ފަސޭހަވެފައި އެސްޓީއޯ އިން މި އުފެއްދުމަށް ފުރިހަމަ ހިދުމަތް ތަކެއް ދޭން ފެށުމެވެ. - އާފްޓަ ސޭލްސް ސާވިސް މާބޮޑަށް ފުރިހަމަވުމެވެ.
މި ހުރިހާ މަންޒަރެއް އެންމެ ގާތުން ތަޖުރިބާކުރެއްވި އެއް ބޭފުޅަކީ މީގެ 25 އަހަރު ކުރިން ފެށިގެން މަކިޓާ އުފެއްދުންތައް އެސްޓީއޯ އިން ވިއްކަމުން ދާއިރު، އެކަމުގައި ހަރަކާތެރިވާތާ އެންމެ ދުވަސްވީ އެއް މުވައްޒަފު ކަމަށްވާ އަޒްމާ އާދަމް އެވެ. ހަމައެކަނި މި ބްރޭންޑުގެ ކަސްޓަމަރުންގެ ބޭނުތައް އަޑުއަހަން ހަރަކާތްތެރިވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވީ އަޒްމާ ވިދާޅުވި ގޮތުގައި މަކިޓާ މަސައްކަތްތެރިންގެ އަތްމަތީގެ "ރަހުމަތްތެރިއަކަށް" ވީ އެސްޓީއޯ އިން މި އުފެއްދުމަށް ދިން ފެންވަރު ރަނގަޅު ހިދުމަތުގެ ސަބަބުންނެވެ.
އެސްޓީއޯގެ މި ފުރިހަމަ ހިދުމަތުގެ ސަބަބު ރާއްޖޭގެ މީހުން ދިއުޅޭ ހުރިހާ ރަށެއްގައި މިހާރު މަކިޓާގެ ކަސްޓަމަރުން އެބަތިބިއްބެވެ. އަދި ރާއްޖޭގެ އެންމެ މަސައްކަތް ހިންގާ ދުނިޔޭގެ ބްރޭންޑްތައް ހިންގާ ރިސޯޓްތަކުން ވެސް އެސްޓީއޯގެ މި ހިދުމަތް ބަލައި ގަތެވެ.
"މި ނޫން ޕަވާ ޓޫލްސްއެއް ބޭނުން ނުކުރާނެ އެތައް ކަސްޓަމަރުންނެއް އެބަތިބި. މިހެންވީ އެސްޓީއޯއިން މަކިޓާއާއެކު ދޭން ފެށި ހިދުމަތުގެ ފެންވަރު ރަނގަޅުކަމުން. އެއްޗެއް ހަލާކުވިޔަސް ވަރަށް ގާތުން އެހީތެރިވެދެން އަޅުގަނޑުމެން. މި ފެންވަރުގެ ހިދުމަތެއް ނުދެވޭނެ،" އަޒްމާ ޔަގީންކަމާއެކު ވިދާޅުވި އެވެ.

ޖަޕާނުން ދިޔައީ މިދިޔަ 25 އަހަރު މިކަން ގާތުން ބަލަމުންނެވެ. މިކަމުގެ އަލިގަދަ ހެއްކަކީ ޖަޕާނުގެ 110 އަހަރުވީ މަކިޓާ އިން ރާއްޖާމެދު އޮތް ޝައުގުވެރިކަން އިތުރުވުމެވެ. މިކަން ފެންނަނީ މި ގުޅުމަށް 25 އަހަރު ފުރުން ފާހަގަ ކުރަން އެ ކުންފުނީގެ އިސްވެރިން ރާއްޖެ ވަޑައިގަތުމެވެ.
މި ސަރަހައްދުގައި ދުނިޔޭގެ ވިޔަފާރީގެ ބާރުތައް ރާއްޖެ ވަށައިގެން އޮތްއިރު، މި ހުރިހާ ތަނަކަށް ނުދޭ ހާއްސަކަމެއް މަކިޓާއިން ދަނީ ރާއްޖޭގެ އެސްޓީއޯ އަށް ދެމުންނެވެ. މަކިޓާ އެސްޓީއޯގެ ގުޅުމަށް 25 އަހަރު ފުރުމުގެ ހަފުލާ މިދިޔަ އޮގަސްޓް މަހު ބޭއްވިއިރު މަކިޓާގެ ފަރާތުން ވަނީ އެ ކުންފުނީގެ ޑިރެކްޓަރު ކޯޕަރޭޓް އޮފިސަރު ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ އޮމޮޓޭ ޓަކާޝީ ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ޖަޕާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ޝިމާދު އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

މަކިޓާ އާއި އެސްޓީއޯގެ ގުޅުމަށް 25 އަހަރުފުރި 26 ވަނަ އަހަރަށް ދާއިރު، ރާއްޖޭގައި ވަކި ބްރޭންޑަކަށް ހުޅުވި އެންމެ ބޮޑު ޝޯރޫމް ވެސް ހިންގަނީ އެސްޓީއޯއި ންނެވެ. ކުރިން އެކި ހުރިހާ ބްރޭންޑްތަކާ މިކްސްކޮށް އެސްޓީއޯ އިން ވިއްކަމުން ދިޔަ މަކިޓާގެ އުފެެއްދުންތަކަށް ހާއްސަކޮށް ޝޯރޫމެއް ހުޅުވުން ވެގެން ދިޔައީ މި ވިޔަފާރީގެ ކުރިމަގު އަލިކަމުގެ ހެއްކަކަށެވެ. މާލެ ވިޔަފާރި ބަނދަރު ސަރަހައްދު އެމްޕީއެލް ކުރިމަތީގައި 2022 ވަނަ އަހަރު ހުޅުވި މަކީޓާ ޝޯރޫމްއަކި މިހާރު ހާޑްވެއާ ޓޫލްސްގެ އެންމެ ފުޅާ ރޭންޖު ހުރި އެއް ތަނެވެ. އަތު ބުރުމާ އިން ފެށިގެން އެންމެ ބޮޑެތި މަޝްރޫއުތައް ފުރިހަމަ ކުރަން ބޭނުންވާނެ ހުރިހާ ޓޫލްސް އެތަނުން ލިބެން ހުރެ އެވެ.

އެސްޓީއޯގެ އަޒްމާ ވިދާޅުވި ގޮތުގައި ހާޑްވެއާ ޓޫލްސްގެ އިތުރުން މަކިޓާގެ ރޭންޖް ފުޅާކޮށް އިތުރު ރޭންޖުގެ މަކީޓާ އާލާތްތައް މިހާރު ވިއްކަމުން ގެންދެ އެވެ.
"މިހާރު އެބަހުރި ގޭގެ ތެރެ ސާފުކޮށްލަން ބޭނުން ކުރާ ބައެއް ސާމާނުވެސް. މީގެ އިތުރުން ބަގީޗާގައި ބޭނުން ކުރާ ޓޫލްސްއަކީ ވެސް ހާއްސަ ރޭންޖެއް. މިއީ ރިސޯޓް މާކެޓަށް ވަަރަށް ނަގާ އެއްޗެއް. ގަސް ކޮށުން ފަދަ ކަންކަމަށް ބޭނުންކުރާ މި މެޝިންތައް ނަގާ ރެޖިއުލާ އެތައް ކަސްޓަމަރުންނެއް އެބަތިބި،" އަޒްމާ ވިދާޅުވި އެވެ.
މަކިޓާ އާއި އެސްޓީއޯގެ ގުޅުން ދައްކުވައި ދެނީ ދިވެހި 100 ޕަސެންޓް މެނޭޖުމަންޓަކުން ކުރަމުންދާ ބުރަ މަަސައްކަތެވެ. ދުނިޔޭގެ ބްރޭންޑްތަކުގެ ރިކުއާމަންޓަށް ތަމްރީން ވެެގެން ދިޔަ ހުސް ދިވެހިން ކުރަމުންދާ މި ޕްރޮފެޝަނަލް މަސައްކަތުން ސާބިތުވަނީ ދުނިޔޭގެ ކިތަންމެ ބޮޑު މަރުކާއެއް ވެސް މި ދިވެހި ހަފޮޅަށް ފިޓް ކުރެވިދާނެ ކަމެވެ. ކަނޑުހުރަސްކޮށް ރާއްޖެ އައިސް އެސްޓީއޯ އާއި މަކިޓާ ގުޅުމުން ފެންނަނީ އިތުބާރެވެ.