"އެޗްޑީސީގެ ހުއްދަ ނެގުމެއްނެތި، މިގޮތަށް އިވެންޓްތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ސްޓޯލް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް އާންމުކޮށް އަންގައި އިއުލާނު ކުރަން،"
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓްތަކާއި ފެއާތައް ބާއްވާއިރު، ހައުސިން ޑިވެލޮޕްމެންޓް ކޯރަޕޭޝަން (އެޗްޑީސީ) ގެ ހުއްދަ ނުނަގައި ސްޓޯލް ވިއްކާ މައްސަލަ ބޮޑުވެއްޖެ އެވެ.
އެޗްޑީސީން ބުނީ އިވެންޓް / ފެއާ ބޭއްވުމުގެ ނަމުގައި ހުއްދަ ނުހޯދައި ސްޓޯލް ވިއްކަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލެއް ގަތުމުގެ ކުރިން، އެ އިވެންޓް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން ޔަގީން ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެކަން ޔަގީން ކުރުމަށް ގުޅާނީ 3356112 އަށެވެ.
"އެޗްޑީސީގެ ހުއްދަ ނެގުމެއްނެތި، މިގޮތަށް އިވެންޓްތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ސްޓޯލް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް އާންމުކޮށް އަންގައި އިއުލާނު ކުރަން،" އެޗްޑީސީން ނެރުނު އިއުްލާނުގައިވެ އެވެ.
އެޗްޑީސީން އިތުރަށް ބުނެފައި ވަނީ ހުޅުމާލޭފައި އިވެންޓް / ފެއާ އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.