މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް

ބައްސާމްއަކީ ޓޫރިޒަމް ދާއިރާގެ އެކި މަސައްކަތްތަކާއި ޖަމިއްޔާތަކުގައި ހަރަކާތްތެރިވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ.

މަޓާޓޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރި ބައްސާމް -- ދައުރުގެ ފޮޓޯއެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އެމްއެމްޕީއާރުސީގެ ކުރީގެ ޑީއެމްޑީ މުހައްމަދު ބައްސާމް އާދަމް އައްޔަންކޮށްފި އެވެ. 

ބައްސާމްއަކީ ޓޫރިޒަމް ދާއިރާގެ އެކި މަސައްކަތްތަކާއި ޖަމިއްޔާތަކުގައި ހަރަކާތްތެރިވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. 

ބައްސާމްއަކީކީ ހޮސްޕިޓާލިޓީ ޓޫރިޒަމްގެ ދާއިރާއިން އިނގިރޭސިވިލާތުން ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ޓޫރިޒަމް މެނޭޖުމަންޓުގެ ދާއިރާއިން ދަރިވަރުންނަށް ލެކްޗާ ދިނުމުގެ އިތުރުން، ރާއްޖެ އިސްތިހާރު ކުރަން ރާއްޖެ އާއި ބޭރުގައި ހިންގި މާކެޓިން ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ. 

އަދި ރާއްޖޭގައި މަޝްހޫރު ވެެގެން ދިޔަ އޮންލައިން ބައެއް ވިޔަފާރިތައް ފެއްޓެވީވެސް ބައްސާމް އެވެ. މި ދާއިރާގެ ތަޖުރިބާއަށް ބަލާއިރު މަޓާޓޯގެ ބޯޑް މެންބަރުކަން ވެސް ކުރެއްވި އެވެ. ޓޫރިޒަމް ދާއިރާގެ މައްސަލަތަކާމެދު ސަރުކާރާއެކު ވާހަކަ ދައްކައިގެން ހައްލު ހޯއްދެވުމުގެ ގިނަ ކަންކަމުގައި ބައްސާމް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.