ހުޅުމާލެއަށް ގެންނަން ބޭނުންވާ ބަދަލުތަކާމެދު ހިޔާލު ހޯދަން އެޗްޑީސީ އިން ފޯރަމެއް

ހިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށެވެ. މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ސޯޝަލް ލޭންޑްސްކޭޕް އާއި ޓްރާންސްޕޯޓާ ގުޅޭ މާސްޓަ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް "ހިޔާލުން ހުޅުމާލެ" ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

މިއީ، ހުޅުމާލޭގެ ތަރައްގީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުކޮށް ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓާ ޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީ ވެސް މި ފޯރަމްގެ އަމާޒެކެވެ.

އެޗްޑީސީ އިން ބުނީ މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތާއި (ސޯޝަލް ޕްލޭން) ހުޅުމާލެތެރޭގެ ދަތުރުފަތުރުތައް (ޓްރާންސްޕޯޓް ޕްލޭން) ބައްޓަންކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ފެހިކުރުން (ލޭންޑްސްކޭޕް ޕްލޭން) އާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމަށެވެ.

ހިޔާލު ހޯދުމުގެ މި ފޯރަމްތައް އޮންނާނީ އަންނަ މަހުގެ 13 އިން ފެށިގެން 15 ވަނަ ދުވަހަށެވެ. މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ.

އެޗްޑީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގެ ތަރައްގީގެ ހުރިހާ ހަރުފަތެއްގައިވެސް ރައްޔިތުންގެ ހިޔާލު ހޯދައި، ރައްޔިތުންގެ ބައިވެރިވުމާއެކު ހިތްފަސޭހަ ހުޅުމާލެއެއް ބިނާކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.