މިމަހު 13 ޕަސެންޓްގެ އިތުރުވުމަކާއެކު މިހާތަނަށް 1.6 މިލިއަން ޓޫރިސްޓުން

މި މަހު ޓޫރިޒަމަށް ލިބުނު ކުރިއެރުމާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން ވަނީ ހަމަވެފަ އެވެ. މިއީ ކުރީ އަހަރު އައި 1.4 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 9.7 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

މިމަހުގެ މިހާތަނަށް ޓޫރިޒަމަށް ގާތްގަނޑަކަށް 13 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވާއިރު، ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 1.6 މިލިއަން ފަހަނަ އަޅައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިމަހުގެ މިދިޔަ 27 ދުވަހު ރާއްޖެއަށް ޖުމްލަ 132,571 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރު އައި 117,662 މީހުންނާ އަޅާބަލާއިރު ގާތްގަނޑަކަށް 13 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި މަހު ޓޫރިޒަމަށް ލިބުނު ކުރިއެރުމާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން ވަނީ ހަމަވެފަ އެވެ. މިއީ ކުރީ އަހަރު އައި 1.4 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 9.7 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަހަރުގެ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން އެވްރެޖުކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ކަމަށް ދައްކަނީ 5,998 ޓޫރިސްޓުންނެވެ. އަދި މި އަހަރުގެ މިހާތަނަށް އެންމެ ފާހަގަކޮށްލެވެނީ ކުރިން 2023 ވަނަ އަހަރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާއިން ލިބެމުންދާ ކުރިއެރުމެވެ. އެ  ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އެއް ލައްކައާ ގާތްކޮށްފަ އެވެ. 

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  •  ޗައިނާ - 258,679
  •  ރަޝިއާ - 196,594
  •  ޔޫކޭ - 143,761
  •  ޖަރުމަނީ - 112,834
  •  އިޓަލީ - 111,584
  •  އިންޑިއާ - 93,422
  •  އެމެރިކާ - 47,073
  •  ފްރާންސް - 42,905
  •  ސްޕެއިން - 38,913
  •  އޮސްޓްރޭލިއާ - 30,428

މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމްގެ 16 ޕަސެންޓް ހިއްސާ ކުރަނީ ޗައިނާ އެވެ. ޗައިނާ އިން މިހާތަނަށް 258,679 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ރަޝިއާއިން 196,594 ޓޫރިސްޓުން އަދި ޔޫއޭއިން 143,761  ޓޫރިސްޓުން އައިސްފައިވެ އެވެ.  

ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކޮށްފައިވަނީ މި އަހަރުގެ މިހާތަނަށް 2.3 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.