މި ހަރަކާތް އޮންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ. އަތޮޅު ތެރޭގެ 29 ރަށަކުންނާއި 4 ރިސޯޓަކުން ވަނީ މި ރަން/ވޯކް ގައި ބައިވެރިވެފަ އެވެ.

ކެންސާ ސޮސައިޓީން ބާއްވާ "ޕިންކް ރިބަން ރަން / ވޯކް" އަންނަ މަހު 18 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ކެންސާ ސޮސައިޓީން ބުނީ މި ހަރަކާތަކީ އާއްމުންގެ މެދުގައި ކެންސަރަށް އޮތް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތް އޮންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ. އަތޮޅު ތެރޭގެ 29 ރަށަކުންނާއި 4 ރިސޯޓަކުން ވަނީ މި ރަން/ވޯކް ގައި ބައިވެރިވެފަ އެވެ.
މި އިވެންޓްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ. މި ރަން / ވޯކް ގައި ބައިވެރިވެވޭނީ އޮންލައިން ފޯމެއް ފުރައިގެންނެވެ.
މީގެ 11 އަހަރު ކުރި ކަމަށްވާ 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ރަންއަށް 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.