އެސްޓީއޯއިން ދެކުނު ކޮރެއާގެ މޮޅު އެލްޖީ ޓީވީ ވިއްކަން ފަށައިފި

އެލްޖީ ޓީވީގެ ރޭންޖުގައި 43 އިންޗިން ފެށިގެން 83 އިންޗީއާ ދެމެދުގެ ޓީވީތައް ހިމެނެ އެވެ. އަދި މި ޓީވީތަކަކީ ބަލައިލަން ރީތި ތުނި ޓީވީ ތަކެކެވެ.

އެލްޖީ ބްރޭންޑުގެ ޓީވީގެ ރޭންޖު އެސްޓީއޯއަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތު -- އެސްޓީއޯ

ދެކުނު ކޮރެއާގެ ޓެކްނޮލޮޖީން ފުރިހަމަ ކޮށްފައިވާ އެލްޖީ ބްރޭންޑުގެ ޓީވީގެ ރޭންޖެއް އެސްޓީއޯއަށް ތައާރަފުކޮށްފި އެވެ. 

އެސްޓީއޯ ސުޕަމާކެޓުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެލްޖީ ޓީވީތައް ލޯންޗްކޮށްދެއްވީ އެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހީމް އެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ވިއްކާ އެސްޓީއޯ އަށް ތައާރަފު ކުރި އެލްޖީ ޓީވީގެ ރޭންޖުގައި 43 އިންޗިން ފެށިގެން 83 އިންޗީއާ ދެމެދުގެ ޓީވީތައް ހިމެނެ އެވެ. އަދި މި ޓީވީތަކަކީ ބަލައިލަން ރީތި ތުނި ޓީވީ ތަކެކެވެ. މިއީ މި ޒަމާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އާޓިފިޝަލް އިންޓެލިޖެންޓް (އޭއައި) ބޭނުންކޮށްފައިވާ ޓީވީ ތަކެކެވެ. 

އެލްޖީ ޓީވީގެ މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ސޭލްސް މެނޭޖަރު އައިޝަތު ނަޒާހަތު ވިދާޅުވީ މި ޓީވީއަކީ ދުނިޔޭގެ ޓީވީ މާކެޓުގައި އެންމެ ހިނގާ އެއް ބްރޭންޑް ކަމަށާ މި ތައާރަފު ކުރުމާއެކު އެ ކުންފުނިން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައިވާ ކަމަށެވެ. 

"އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފާ" ގެ ދަށުން ހުރިހާ ޓީވީތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.