މީޑިއާ ކޮމިޝަން އިންތިހާބުގައި 353 މީޑިއާއަށް ވޯޓުލެވޭ، ޝަކުވާއަށް ހުޅުވާލައިފި

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މާދަމާގެ މެންދުރުފަހުގެ 3:00ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޝަކުވާ ފޯމުންނެވެ.

މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން ދިވެހި މީޑިއާތަކުގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލެވޭ 353 މީޑިއާ ހިމެނޭ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި އެވެ.

މީޑިއާ ރެގިއުލޭޓް ގާނޫނުގެ ދަށުން މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އިންތިހާބު ބާއްވަނީ އިލެކްޝަން ކޮމިޝަނުންނެވެ.

އެ ކޮމިޝަނުން މިއަދު ވަނީ މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓު އާންމުކޮށްފަ އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މާދަމާގެ މެންދުރުފަހުގެ 3:00ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޝަކުވާ ފޯމުންނެވެ.

މި އިންތިހާބުގައި ހޮވާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ. މި އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އާ ގާނޫނުގެ ދަށުން ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލަވާލާ އެ ކޮމިޝަންގައި ދެން ތިބޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ. 

އަދި އީސީއިން މިއަދު ވަނީ މި އިންތިހާބަށް މޮނީޓަރުންނާއި އޮބްޒާވަރުން ހޯދަން ވެސް އިއުލާނު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.