ބާޒާރުމަތީ ހުންނަ ލިލީ ފިހާރައިގައި އަލިފާން ރޯވެ، ބޮޑު ގެއްލުމެއް

މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔާފައިޓަރަކު ހާލުދެރަވެގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދީފައިވެ އެވެ.

ލިލީ ފިހާރައިގައި ރޯވި އަލިފާންފަނޑު ނިއްވަނީ -- ފޮޓޯ: އެމްއެންޑީއެފް

ބާޒާރުމަތީ މަސް މާރުކޭޓު ކައިރީގައި ހުންނަ "ލިލީ އެފްއެންޑްބީ ސަޕްލަޔާޒް ބާޒާރު 1" ގައި ރޭ އަލިފާން ރޯވެ، ގެއްލުން ވެއްޖެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ލިލީގެ އެ ފިހާރައިގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ދަންވަރު 1:00 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ މައުލޫމާތު ލިބުމާ އެކު، ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް  ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ 02:39 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔާފައިޓަރަކު ހާލުދެރަވެގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދީފައިވެ އެވެ. އެމްއެންޑީއެފުން ބުނީ އެ ނޫނީ އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"ނަމަވެސް އަލިފާން ރޯވިތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުންވެ ތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައި،" އެމްއެންޑީއެފުން ބުންޏެވެ.

މީގެ ކުރިން ވެސް ލިލީ ފިހާރައިގެ ގުދަނެއްގައި ރޯވެ ވަނީ ގެއްލުން ވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.