މި އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖޭން މަތިންދާ ބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓްފިއުލް 140 މިލިއަން ޑޮލަރުގެ ވިއްކާފައިވާއިރު، ޖެޓްފިއުލް ވިއްކި މިންވަރު %6 އިތުރުވެފައިވެ އެވެ.

މި އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖޭން މަތިންދާ ބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓްފިއުލް 140 މިލިއަން ޑޮލަރުގެ ވިއްކާފައިވާއިރު، ޖެޓްފިއުލް ވިއްކި މިންވަރު 6 ޕަސެންޓް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް (އެމްއެމް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖުލައިގެ ނިޔަލަށް 140 މިލިއަން ޑޮލަރުގެ ޖެޓްފިއުލް ވަނީ ވިއްކާފަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 131 މިލިއަން ޑޮލަރުގަ އެވެ.
މަހުން މަހަށް ބަލާއިރު ރާއްޖޭން ވިއްކާ ޖެޓްފިއުލްގެ މިންވަރު އިތުރުވަމުންދާ ކަމަށް ދައްކަ އެވެ. ބޯޓުތަކަށް އަޅާ ތެޔޮގެ މިންވަރު އިތުރުވަމުން ދަނީ ޓޫރިޒަމް ރަނގަޅުވަމުން ދިއުމުގެ ސަބަބުންނެވެ.
ރާއްޖެއަށް ޖުމްލަ 16,830 ފްލައިޓް ޖައްސާފައިވެ އެވެ. މިއީ ކުރީ އަހަރު ޖެއްސި 15,883 ފްލައިޓާ އަޅާ ކިޔާނަމަ 900 ފްލައިޓް އިތުރުވުމެކެވެ. މިދިޔަ އަހަރު ޝެޑިއުލް ފްލައިޓާއި ޖެޓު މޫވްމެންޓުވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް ޝެޑިއުލް 15,432 ޖައްސާފައިވެ އެވެ. ކުރީ އަހަރު މި އަދަދު އުޅެނީ 14,608 ގަ އެވެ. އަދި އެނޫން ޖެޓްފަދަ ފްލައިޓުގެ އަދަދު އުޅެނީ މިދިޔަަ އަހަރު 1,398 ގަ އެވެ. ނަމަވެސް ކުރި އަހަރު މި އަދަދު ހުރީ 1,275 ގަ އެވެ. ނަމަވެސް މި އަދަދަކީ އޭގެ ކުރީ 2022 ވަނަ އަހަރު އައި 2,138 އާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މީގެ އިތުރުން މި އަހަރު ރާއްޖޭގެ ޓޫރިޒަމަށްވެސް ބޮޑު ކުރިއެރުމެއް ދަނީ ލިބެމުންނެވެ. މިގޮތުން މިހާތަނަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.