ބީއެމްއެލް އިން ދަނީ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ވެސް 'އެކްޕީރިއެންސް މޯލްޑިވްސް" ކެމްޕޭނުތަކުގެ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. މިއީ މި ކެމްޕޭން ބާއްވާ ހަތަރުވަނަ ފަހަރެވެ.
ދުނިޔޭގެ އެންމެ ބޮޑު ކާޑް ނެޓްވޯކް ކަމަށްވާ އެމެރިކަން އެކްސްޕްރެންސް އާއި ބީއެމްއެލް ގުޅިގެން ރާއްޖެ އިސްތިހާރު ކުރަން ވަރުގަދަ ކުރަން އިތުރު ކެމްޕޭނެއް ފަށައިފި އެވެ.
"އެކްސްޕީރިއެންސް މޯލްޑިވްސް" ޑެސްޓިނޭޝަންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން ހިންގާ ޑެސްޓިނޭޝަން ކެމްޕޭނެކެވެ.. މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފަރތަކެއް ލިބޭނެއެވެ. އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ އެވެ.
މި ކެމްޕޭނާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ
" މި ކެމްޕޭނުން، ރާއްޖޭއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގު ފަހިވެގެން ދާނެ. އަދި މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރު ގަދަވެގެން ދާނެ. އަދި ހަމައެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މާޗަންޓުންނާއެކު ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވުގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.
އެމެރިކަން އެކްސްޕްރެސްގެ ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެން ސައުތު ޕެސިފިކް ގްރޯތު މާކެޓްސް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު ދިވްޔާ ޖެއިން ވިދާޅުވީ ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް. ބީއެމްއެލްއާއެކު ގާއިމުވެފައިވާ ޕާޓްނާޝިޕްއާއެކު އަދި ވިޒިޓް މޯލްޑިވްސްއާއި ޓޫރިޒަމް ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު، ރާއްޖެ އަދި ގްލޯބަލް ޓްރެވެލް އިކޯސިސްޓަމަށް ދޭ ސަޕޯޓު މި ދަނީ އިތުރަށް ހަރުދަނާކުރަމުންނެވެ.
"ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާތަކެއް ހިމެނޭ އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭނަކީ އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ޕްރިމިއަމް އަދި ތަފާތު ތަޖުރިބާތަކެއް ހޯދައިދީ، އަދި ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިތުރަށް ޕްރޮމޯޓު ކުރެވޭނެ ކެމްޕޭނެއް،" ދިވްޔާ ޖެއިން ވިދާޅުވި އެވެ.