މި މަޝްރޫއުގެ ދަށުން ތެހެރާންގެ ދެކުނު ހޮރްމޮޒްގަން ޕްރޮވިންސްގެ ސިރިކް ސިޓީގައި 500 ހެކްޓަރު (1،235 އަކަމީޓަރު) ގެ ބިމެއްގައި އާ ހަތަރު ޔުނިޓެއް އަޅާނެ އެވެ.
އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ތަރައްގީ ކުރަން ރަޝިއާއާއެކު 25 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އީރާންގެ ނޫސްތަކުން ބުނި ގޮތުގައި އީރާނުގެ ދެކުނުގައި ނިއުކްލިއާ ހަކަތަ އުފައްދާ ހަތަރު ރިއެކްޓަރު އެޅުމަށް ތެހެރާނާއި މޮސްކޯއާ ދެމެދު 25 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންީ އީއާރްއެންއޭ އިން ގޮތުގައި މި އެއްބަސްވުމުގައި ހިމެނެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އޮމާނުން ގަލްފް ހުރަސްކޮށް އޮންނަ ދެކުނު ހޮރްމޮޒްގަން ޕްރޮވިންސްގެ ސިރިކް ސިޓީގައި 500 ހެކްޓަރު (1،235 އަކަމީޓަރު) ގެ ބިމެއްގައި އާ ހަތަރު ޔުނިޓެއް އެޅުމެވެ. މި އެއްބަސްވުމުގެ ދަށުން ޖެނެރޭޝަން ތިނެއްގެ ޕަވާ ރިއެކްޓަރުތަކުން 5ޖީޑަބްލިއު ކަރަންޓް އުފައްދާ ރިއެކްޓަރެއް ތަރައްގީ ކުރާނެ އެވެ.
އީރާނުން ރަޝިއާއެކު މި ސޮއިކޮށްފައިވަނީ ކަރަންޓުގެ ޑިމާންޑް ބޮޑު ވަގުތުތަކުގައި ކަރަންޓުގެ އުފެއްދުމުގައި ދަތިތަކާ ކުރިމަތިވާތީ އެވެ. މި އެއްބަސްވުމާއެކު އެ މައްސަލަ ހައްލު ވެގެންދާނެ އެވެ.