ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރި 15 ވަނަ އަތޮޅަކަށް ތާ އަތޮޅު

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައި ވަނީ އިއްޔެ ގާދިއްފުށީގައި ގާއިމްކުރި އޭޓީއެމްގެ ހިދުމަތާއެކު އެވެ.

ތ. ގާދިއްފުށީގައި އޭޓީއެމް ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފި އެވެ.

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައި ވަނީ އިއްޔެ ގާދިއްފުށީގައި ގާއިމްކުރި އޭޓީއެމްގެ ހިދުމަތާއެކު އެވެ. 

އެރަށުގައި އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ، ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުމާއެކު މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން 15 އަތޮޅުގައި އޭޓީއެމް ހިދުމަތް ގާއިމްކުރެވިފައިވާ ކަމަށެވެ.

"ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި އޭޓީއެމްތަކަކީ ބޭންކިން ނިޒާމުގައި ރައްޔިތުން ބައިވެރިކޮށްދޭ މުހިންމު ވަސީލަތެއް. އޭޓީއެމް ގާއިމްކުރުމުގެ އިތުރުން ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އަޅުގަނޑުމެން މި ދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 237 އޭޓީއެމް ވަނީ ބަހައްޓާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.