ރަށްރަށުގެ ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް 10،000ރ. އަށް ކުޑަކުރަނީ

އޭރު އެ ޔުނިޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ކަނޑައެޅި 20،000ރ. ދެއްކުމަށް ގިނަ ރައްޔިތުންގެ މެދުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް އެ މަނިކުފާނު ހާމަކުރެއްވި

ރައީސް މުއިއްޒު މިރޭ ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓަށް ބޮޑު ލުޔެއް ދޭން ނިންމައި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ތިމަރަފުއްޓަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ސޯޝަލް ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ ކުލި ބޮޑުވެގެން ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް މި ސަރުކާރުން ހައްލުކޮށްދީފައިވާ ކަމަށެވެ.

މިގޮތުން، އެ ޔުނިޓުތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި، އާންމުކޮށްހުރި 5،000ރ. އިން 3،333ރ.އަށް މިހާރު ކުޑަކޮށްދީފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ނަމަވެސް، އޭރު އެ ޔުނިޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ކަނޑައެޅި 20،000ރ. ދެއްކުމަށް ގިނަ ރައްޔިތުންގެ މެދުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް އެ މަނިކުފާނު ހާމަކުރެއްވި އެވެ. 

"އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޑައުންޕޭމަންޓް 10،000ރ. އަށް ކުޑަކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުލި ދައްކަންނުޖެހޭ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ވެސް ގުނަން ފަށާނީ، އެ ޔުނިޓުތައް އެކޮށް ނިންމައި، ދިރިއުޅެން ފަށާ ތާރީހުން ފެށިގެން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.