ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން، އދ.ގެ އާންމު މަޖިލީހުގެ ބަހުސްގައި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދައްކާ ވާހަކަ އަޑުނާހަން ރާއްޖޭގެ ވަފްދު މާލަމުން ނުކުމެއްޖެ އެވެ.

މިހާރު ކުރިއަށްދާ އާންމު ބަހުސްގައި ވާހަކަ ދައްކަން ނަތަންޔާހޫ ޕޯޑިއަމް ކައިރިއަށް ދާން ހިނގައިގަތުމާ އެކު ގިނަ ގައުމުތަކުގެ ވަފްދުތައް ވަނީ މާލަމުން ނުކުތުމަށް މިސްރާބު ޖަހައިފަ އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިސްކޮށް ހުންނަވައި، ދިވެހި ވަފްދު ވެސް ވަނީ ނަތަންޔާހޫ ޕޯޑިއަމް ކައިރިއަށް ހުއްޓުމުގެ ކުރިން އެ މާލަމުން ނުކުމެވަޑައިގެންފަ އެވެ.
ނަތަންޔާހޫ ހިތާދު ދިން އިރު، އދ.ގެ އާންމު މަޖިލީހުގެ މައި މާލަން އޮތީ އެކީހެން ހުސްކޮށެވެ.
އިޒްރޭލަށް މިހާ ވަރުގަދަ މެސެޖެއް ދީފައިމިވަނީ، މިފަހަރުގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަށް ވިސާ ދޭން އެމެރިކާއިން ދެކޮޅު ހަދާފައިވަނިކޮށެވެ.
ފަލަސްތީނުގެ ފަރާތުން މަހުމޫދު އައްބާސް މި އަހަރު ހިތާބު އިއްވަވާފައިވަނީ ވީޑިއޯ މެދުވެރިކޮށެވެ. އެކަމަށް ޖާގަ ދޭން އާންމު މަޖިލީހުން ގަރާރެއް ފާސްކުރީ ރާއްޖޭގެ ވެސް ތާއީދާ އެކު އެވެ.