ތ. އަތޮޅުގެ ތިންވަނަ އެއާޕޯޓް ގުރައިދޫގައި، މާދަމާ މަސައްކަތް ފަށަނީ

"މާނައަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26، މިނިވަން ދުވަހު އިރާދަކުރެއްވިއްޔާ މިރަށުގައި އެއާޕޯޓް ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.

ގުރައިދޫ އެއާޕޯޓް މަޝްރޫއުގައި ސޮއިކުރި ރަސްމިއްޔާތު --

ތ. ގުރައިދޫ އެއާޕޯޓް ތަރައްގީ ކުރުމުރުގެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަކަށް ވަޑައިގެން މިރޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫ އެއާޕޯޓް މަޝްރޫއު މާދަމާ ފަށައި، 22 މަސްދުވަހުގެ ތެރޭގައި ނިންމުމަށްފަހު ހުޅުވާނެ ކަމަށެވެ.

"މާނައަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26، މިނިވަން ދުވަހު އިރާދަކުރެއްވިއްޔާ މިރަށުގައި އެއާޕޯޓް ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އެއާޕޯޓަކީ ރަށުގެ ތަރައްގީއަށް މުހިންމު އިގްތިސޯދީ އަދި އުމްރާނީ ވަސީލަތެއް ކަމަށެވެ. އަދި މިއީ އެ ދާއިރާއަށާއި އެ ސަރަހައްދުގެ ކުރިއެރުމަށް ހުޅުވޭ މުހިން ދޮރާއްޓެއް ކަމަށެވެ.

ތ. އަތޮޅުގައި މިހާރު އެއާޕޯޓް ހިންގަނީ ތިމަރަފުށީގަ އެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދުގެ ވެރިކަމުގައި، 2013 ވަނަ އަހަރު ހުޅުވި އެއާޕޯޓެކެވެ.

އެ އަތޮޅުގައި ދެވަނަ އެއާޕޯޓް އަޅަނީ ވިލުފުށީގަ އެވެ. އިއްޔެ ވަނީ އެ މަޝްރޫއުގެ މަސައްކަތް ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.