އެމްއެންޑީއެފުން މިއަދު ބުނީ އެމީހާ ހޯދަމުން ދަނިކޮށް ހަށިގަނޑު ފެނިފައި ވަނީ ކ. ފޭދޫފިނޮޅު ދެކުނުން ކަމަށެވެ.
ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން އިންޑިއާއަށް ނިސްބަތްވާ އެ މީހާ ވެއްޓިގެން ހޯދަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެމީހާ ހޯދަމުން ދަނިކޮށް ހަށިގަނޑު ފެނިފައި ވަނީ ކ. ފޭދޫފިނޮޅު ދެކުނުން ކަމަށެވެ.
"ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު، ކ.ފޭދޫފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ މިއަދު ހޯދާފަ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި،" އެމްއެންޑީއެފުން ބުންޏެވެ.