މާހިރު ހުވާ ކުރައްވާފައި ވަނީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފަނޑިޔާރުކަމުގެ ލިޔުން ހަވާލު ކުރެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސައިން ރިޒާ އާދަމް އެވެ.
މާހިރު ހުވާ ކުރައްވާފައި ވަނީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފަނޑިޔާރުކަމުގެ ލިޔުން ހަވާލު ކުރެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހުސައިން ރިޒާ އާދަމް އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމުންނެވެ.
އެހެންވެ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޖޭއެސްސީން ނިންމީ މިހާރު އެ ކޯޓަށް އައްޔަނު ކޮށްފައިވާ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަނު ކުރުމަށެވެ.
ނަމަވެސް ޝަހީދަކީ ސިޔާސީ ބޭފުޅެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ، ހުވާ ކުރެއްވީ ޖަމީލު އެކަންޏެވެ.
ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އަލުން ހުޅުވައިލުމުން 14 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. މާހިރު ފަނޑިޔާރު ކަމަށް އައްޔަނު ކުރަން ޖޭއެސްސީން ނިންމާފައި ވަނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެންނެވެ.