މީޑިއާތަކަށް ދައުލަތުން ދޭ އެހީއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

މި އެހީއަށް އެދުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް --

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ އެހީއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

މިއީ ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުންދޭ މާލީ އެހީއެކެވެ.

މި އެހީއަށް އެދުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށެވެ. 

މާލީ އެހީއަށް އެދި ހުށަހަޅަން ހާއްސަ ޕޯޓަލެއް ސަރުކާރުން ވަނީ ގާއިމް ކޮށްފަ އެވެ. މިނިސްޓްރީގެ އިއުލާނުގައި ބުނީ އެހީއަށް އެދި ހުށަހެޅޭނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރަށް ފައިސާ ދޫކުރަން ވަނީ ކަނޑައަޅާފަ އެވެ.

އެކަމަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، ފައިސާ ދޫކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށެވެ. އެގޮތުން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ހިދުމަތް ދިނުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތެއް ކަމަށްވުމާއި، އެތަކެތި ހޯދުމަށްފަހު މެދުނުކެނޑި މީޑިއާ ހިންގާތާ ތިން އަހަރު ވެފައިވާ ތަނަކަށް ވާން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.