މާވަށުގައި ޒުވާނަކު މަރައިލި މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

މި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ދައުވާކުރުމަށް ފޮނުވާފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް 29، ގެ މައްޗަށެވެ. ފުލުހުން ބުނީ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

މާވަށުގައި މޫސާ އިބްރާހިމް މަރާލި ކަމުގެ ތުހުމަތު އޮތް މުހައްމަދު އިބްރާހިމް --

ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް 29، އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ދައުވާކުރުމަށް ފޮނުވާފައި ވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް 29، ގެ މައްޗަށެވެ. ފުލުހުން ބުނީ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު މޫސާގެ ކަރަށް ވަޅި ޖަހައި މަރާލިކަމުގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް ހައްޔަރު ކޮށްފައި ވަނީ ހަމައެދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މޫސާގެ ކަރަށް ހެރި ވަޅި ފުލުހުން ހޯދާފައި ވަނީ މޫދު އަޑިންނެވެ. ހަމަލާ ދީފައި ވަނީ އެ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.

މި މާރާމާރީގައި އަނިޔާވި މޫސާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.