އާރްޓީއެލް ފެރީގެ ހިދުމަތުން ތާ އަތޮޅުގެ ރަށްތައް ގުޅާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ފަތުރުފުޅުގައި ތ. އަތޮޅުގައި މ ހިދުމަތް ފެށުމާއެކު ރާއްޖޭގެ އެންމެ އެކަހެރިކޮށް އޮތް އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ފެރީގެ ނިޒާމުން ގުޅިގެންދާނެ އެވެ.

އެމްޓީސީސީން ތ.ގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ

ގައުމީ ދަތުރުފަތުރުގެ ނިޒާމް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ތ.ގެ ހުރިހާ ރަށެއް ގުޅާލައިފި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ފަތުރުފުޅުގައި ތ. އަތޮޅުގައި މ ހިދުމަތް ފެށުމާއެކު ރާއްޖޭގެ އެންމެ އެކަހެރިކޮށް އޮތް އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ފެރީގެ ނިޒާމުން ގުޅިގެންދާނެ އެވެ. 

އެމްޓީސީސީގެ އާރްޓީއެލް ދަތުރުތައް ފެށުމާއެކު އެ ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 11 އަށް އަރާފަ އެވެ. 

އެމްޑީޕީގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ދޭން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހު އެވެ. އެންމެ ފުރަތަމަ މި ހިދުމަތް ފެށީ ޒޯން ހައެއްގައި ހިމެނޭ ހދ. އަތޮޅުގަ އެވެ. ފުރަތަމަ ގުޅާލެވިގެން ދިޔައީ އެ ޒޯންގައި ހިމެނުނު ހއ، ހދ، ށ. އަތޮޅުގެ ރަށްތަކެކެވެ. ޖުމުލަ 41 ރަށް ގުޅާލަން ފަސް ރޫޓެއްގައި ހަތަރު ފެރީ ލޯންޗު ބޭނުން ކުރަން ފެށި އެވެ. އޭގެ ފަހުން ޅ. އަދި ނ. އަތޮޅާއި ގއ. އަދި ގދ. އަތޮޅުގައި މި ހިދުމަތް ވަނީ ފަށާފަ އެވެ. މިދިޔަ ޖުލައި މަހު ބ. އަތޮޅުގައި ވެސް ވަނީ އެ ހިދުމަތް ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.