ގާޒާއަށް ދާ އިންސާނީ ގާފިލާއަށް އިޓަލީ އާއި ސްޕެއިން ސިފައިންގެ ހިމާޔަތް

ގްލޯބަލް ސުމުދު ފްލޮޓިލާގެ ނަމުން ނަން ދީފައިވާ މި ގާފިލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 44 ގައުމެއްގެ އާއްމު ރައްޔިތުން ބައިވެރިވެ ދަނީ ފަލަސްތީނާ ދިމާލަށް ކަނޑުމަގުން ދަތުރު ކުރަމުންނެވެ.

އިސްރާއިލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާއަށް ދެކޮޅު ހެދުމަށް ގާޒާ އަށް ދަތުރުކުރަމުން ގެންދާ ޔޫރަޕުގެ ގިނަ އަދަދެއްގެ އާއްމުން ހިމެނޭ އިންސާނީ ގާފިލާ އަށް އިޓަލީއާއި ސްޕެއިން ސިފައިން ހިމާޔަތް ދީފި 

ގްލޯބަލް ސުމުދު ފްލޮޓިލާގެ ނަމުން ނަން ދީފައިވާ މި ގާފިލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 44 ގައުމެއްގެ އާއްމު ރައްޔިތުން ބައިވެރިވެ ދަނީ ފަލަސްތީނާ ދިމާލަށް ކަނޑުމަގުން ދަތުރު ކުރަމުންނެވެ. މި ދަތުރުގެ މެދުތެރޭގައި އޮއްވައި ތޫނިސްގެ ބަނދަރު ސަރަހައްދުގައި ވަނިކޮށް އިއްޔެ ވަނީ ޑްރޯން ހަމަލާއެއް ދީފަ އެވެ. މީގެ އިތުރުން މި އުޅަނދު ފަހަރުގައި ބޭނުން ކުރާ އިލެކްޓޯނިކް އާލާތްތަކަށް ގެއްލުން ދިނުމުގެ ގޮތުން ޖޭމްކޮށްފައިވެ އެވެ. މި ކަންކަން ކުރަމުން ގެންދަނީ އިސްރާއިލްގެ ދަށު ދަރަޖއިގެ ދައުލަތުންނެވެ. 

މި ގާފިލާއަށް ނުރައްކާވުމާއެކު ގްލޯބަލް ސުމުދު ފްލޮޓިލާގައި ހިމެނޭ އާއްމުން ވަނީ އެ ގައުމުތަކުގެ ސަރުކާރުގެ ހިމާޔަތަށް އެދިފަ އެވެ. މި އެދުމާ ގުޅިގެން ސްޕެއިން އާއި އިޓަލީގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް ވަނީ މި ގްރޫޕަށް ހިމާޔަތް ދޭން ދަތުރު ކުރަން ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.