އިސްރާއިލްގެ ބަނދަރު މަތީ ރަށެއް ކަމަށްވާ އީލާތަށް ހެނދުނުގެ ވަގުތެއްގައި ހޫތީން މި ޑްރޯން ހަމަލާ ދިންއިރު އެ ގައުމުގެ ދިފާއީ ނިޒާމްތައް މަަސައްކަތްކޮށްފައެއް ނުވެ އެވެ.
ގަދަކަމުން ވެރިވެގެން އުފައްދާފައިވާ އިސްރާއިލަށް ޔަމަނުގެ ހޫތީން ދިން ވަރުގަދަ ޑްރޯން ހަމަލާއެއްގައި 22 މީހަކު ޒަހަމް ވެއްޖެ އެވެ.
އިސްރާއިލްގެ ބަނދަރު މަތީ ރަށެއް ކަމަށްވާ އީލާތަށް ހެނދުނުގެ ވަގުތެއްގައި ހޫތީން މި ޑްރޯން ހަމަލާ ދިންއިރު އެ ގައުމުގެ ދިފާއީ ނިޒާމްތައް މަަސައްކަތްކޮށްފައެއް ނުވެ އެވެ. އަދި އެލާމްއެއްވެސް އަޅާފައެއް ނުވެ އެވެ.
ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުން ގެންދާ އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ޔަމަނުން ފޮނުވާލި ޑްރޯނެއް ދެކުނުގެ ސިޓީއެއް ކަމަށްވާ އީލާތަށް އަރައި 22 މީހުން ޒަހަމްވެ ދެ މީހެއްގެ ހާލަތު ވަރަށް ސީރިއަސް އެވެ.
ޔަމަނުގެ ހޫތީން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި މި ހަމަލާއަކީ އެ ގައުމަށް އިސްރޭލުން ދިން ހަމަމާގެ ބަދަލު ހިފުމެކެވެ.