ދިވެހި ދަރިވަރުން ކިޔަވާ އަޒަރުބައިޖާންއިން ވިސާގެ ލުއިތަކެއް ދީފި

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާ އާނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ދިވެހީންނަށް ލިބިގެންދާނެ ކަމަށެވެ.

ވިސާ އެގްޒެމްޝަންގައި ރާއްޖެއާއި އަޒަރުބައިޖާންއިން ސޮއި ކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ -- ފޮރިން މިނިސްޓްރީ

ދިވެހި ގިނަ ދަރިވަރުންތަކެއް މަތީ ތައުލީމް ހާސިލް ކުރަން ތިބޭ އަޒަރުބައިޖާން އާއި ރާއްޖެއާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށް، ވިސާގެ ލުއިތަކެއް ދިވެހިންނަށް ދީފި އެވެ. 

ރާއްޖެ އާއި އަޒަރުބައިޖާންއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ދިވެހިންނަށް އޯޑިނަރީ ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާން އަށް ޒިޔާރަތް ކުރެވޭގޮތަށް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާ އާނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ދިވެހީންނަށް ލިބިގެންދާނެ ކަމަށެވެ.

ނިއު ޔޯކް ގައި މިހާރު ކުރިއަށްދާ 80 ވަނަ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ހާލީލް އެވެ. އަޒަރުބައިޖާން ސަރުކާރުން އެ ގާއުމުގެ ގާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އެވެ. 

މީގެ އިތުރުން، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި ރާއްޖޭން ވަނީ މިދިޔަ އަހަރު ސޮއިކޮށްފައިވެ އެވެ. 

އަޒަރުބައިޖާންއަކީ ދިވެހިން ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތައުލީމަށް ކިޔަވަމުންދާ ގައުމެވެ. މިގައުމުގައި ގިނައިން ކިޔަވަން ތިބީ ސިއްހީ ދާއިރާއާ ގުޅުންހުރި ކޯސްތަކުގައި ގޮސް ތިބި ކުދިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.