ކަނޑުމަގުން ކުރެވޭ އިމްޕޯޓް އެކްސްޕޯޓްއާއި ގުޅުން ހުރި ވިޔަފާރީގެ ހިދުމަތްތަކުގެ ތެރެއިން މިމަހު 21 އިން ފެށިގެން ޓްރޭޑިއަން ޕްލެޓްފޯމު މެދުވެރިކޮށް ރަސްމީކޮށް ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.
ޓްރޭޑިއަން ޕްލެޓްފޯމަކީ ބައިނަލްއަގްވާމީ ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދިނުމަށް ވިޔަފާރިއާގުޅޭ ރެގިއުލޭޓަރީ ހުއްދަތަކާއި ހިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް އެއް އައިޓީ ވިއުގައަކުން ގުޅުވާލުމަށް ފަރުމާކުރެވިފައިވާ ގައުމީ ސިންގަލް ވިންޑޯ ޕްލެޓްފޯމެވެ. މިއީ އިމްޕޯޓް އެކްސްޕޯޓާއި ގުޅޭ ހިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތަޢާރަފުކުރެވުނު ޕްލެޓްފޯމެކެވެ. އަދި މިއީ ވިޔަފާރީގެ މުޢާމަލާތްތައް ހަލުވިކޮށް، ހަރުދަނާކޮށް، އަދި ސަރަޙައްދީ ސިންގަލް ވިންޑޯ ނިޒާމުތަކާ ގުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ
ޓްރޭޑިއަންގެ ދަށުން ބޯޑަރުގައި ފޯރުކޮށްދެވޭ ވިޔަފާރީގެ ޚިދުމަތްތައް އެއް ޑިޖިޓަލް ނިޒާމެއްގެ ދަށަށް ގެނައުމުގެ މަގްސަދަކީ ވިޔަފާރިވެރިންނާއި އާންމުންނަށް ވިޔަފާރި ކުރުން ފަސޭހަކޮށްދީ، ބޯޑަރުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ހާމަކަން އިތުރުކޮށް، އިމްޕޯޓް އެކްސްޕޯޓުގެ ހިދުމަތްތައް ހަރުދަނާކުރުމާއެކު އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ކަނޑުމަގުން ކުރެވޭ އިމްޕޯޓް އެކްސްޕޯޓްއާއި ގުޅުން ހުރި ވިޔަފާރީގެ ހިދުމަތްތަކުގެ ތެރެއިން މިމަހު 21 އިން ފެށިގެން ޓްރޭޑިއަން ޕްލެޓްފޯމު މެދުވެރިކޮށް ރަސްމީކޮށް ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.
މި ހިދުމަތްތަކަށް ހޯދުމަށް ބޯޑަރުގައި ހަރަކާތްތެރިވާ އެކި އިދާރާތަކަށް ކުރިން ވަކިވަކިން ލިޔެކިއުންތައް ހުށަހެޅުމަށް އޮތް އޮތުން މިމަހު 21 ވަނަ ދުވަހު ނިމުމަކަށް ގެނެވި އެ ލިޔެކިއުންތައް ކަމާގުޅުންހުރި އިދާރާތައްކަމުގައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ހުށަހެޅޭނީ ހަމައެކަނި ޓްރޭޑިއަން ޕެލްޓްފޯމް މެދުވެރިކޮށެވެ.
ބޯޑަރުގައި ފޯރުކޮށްދޭ މި ހިދުމަތްތަކަށް ބުރޫ ނާރޭނޭކަން ޔަގީންކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގިނަ އަދަދެއްގެ ފްރެއިޓް ފޯވަރޑަރުންނާއި ޝިޕިންގް އޭޖެންޓުންވަނީ ޓްރޭޑިއަންގައި
ރަޖިސްޓަރީވެފައިވެ އެވެ.
ޝިޕިން އަދި ފްރައިޓްފޯވަޑިންގެ ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ޓެރޭޑިއަން ޕްލެޓްފޯމްގެ ސަޕޯޓް ޓީމުން ލިބިވަޑައިގަންނަވާނެ އެވެ. އެހީތެރިކަން ޗެޓް، ފޯނު އަދި އީމެއިލް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިތުރުން ޓްރޭޑިައން ޕްލެޓްފޯމް ބޭނުންކުރާނެގޮތް އަންގައިދިނުމަށް އެކުލަވާލާފައިވާ އަތްމަތީ ފޮތް ނުވަތަ ގައިޑްތަކުން ނުވަތަ ވީޑިއޯ ޓިއުޓޯރިއަލްތަކުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު އެހީތެރިކަން ބޭނުންވާނަމަ އިތުރު ތަމްރީންތަކަށްވެސް އެދެވިދާނެއެވެ.
ފޯން: 3334001
އީމެއިލް: support@tradian.gov.mv
ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެވޭނީ ޓްރޭޑިއަން ސައިޓް އިންނެވެ.
ބޯޑަރުގައި ފޯރުކޮށްދޭވޭ ބައިނަލްއަގުވާމީ ވިޔަފާރިއާއި ގުޅުންހުރި މުއާމަލާތްތައް ދެފުށްފެންނަ ގޮތަށް އެއްފުރާޅުކޮށް ޓްރޭޑިއަން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ގެނެވޭ މިބަދަލަކީ ޑިޖިޓަލައިޒާޝަން ރޮގުން ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ފައްޓަވާފައިވާ މޯލްޑިވްސް 2.0 ގެ މަޝްރޫއުއަށް ވާގިވެދޭ މުހިއްމު ބަދަލެކެވެ.
ވަކިން ހާއްސަކޮށް ޑިޖިޑަލައިޒޭޝަން މަގުޗާޓުގެ ހަ ވަނަ އަސާސް ކަމުގައިވާ ސިޓިޒަން ސެންޓްރިކް ކޮށް ނުވަތަ ހިދުމަތް ހޯދާ ފަރާތްތަކުގެ ނަޒަރިއްޔާއިން ވިޔަފާރިތަކާއި ރަހުމަތްތެރި ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގެނެވޭ އިންޤިލާބީ ބަދަލެކެވެ.
މުދާ ކްލިއަރކުރުމަށް ވިަޔަފާރިތަކުން ފުރިހަމަކުރަންޖެހޭ ޑޮކިއުމެންޓްރީ އިޖާރާއަތުތައް އަވަސްކަމާ ހަލުވިކަމާއެކު ރެގިއުލޭޓަރީ އިދާރާތަކުން ފުރިހަމަކުރުމަށް ފަހިކޮށްދެވުނު ފުރުސަތެކެވެ.
ޑިޖިޓަލް ރޮގުން ކުރިއަރާފައިވާ ޤައުމުތަކުގެ ބޯޑަރުގައި ދެވޭ ހިދުމަތްތަކާއި އެއްފެންވަރަށް ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީކުރުމަށް އަދި ބައިނަލްއަޤްވާމި މިންގަޑުތަކަށް ޚިދުމަތުގެ ފެންވަރު ގެނައުމަށް ފަހިިވެެގެން ދިޔަ ފުރުސަތެކެވެ.
މި ބަދަލާއެކު ރާއްޖެއިން ބައިވެރިވެފައިވާ މުހިއްމު ދެ މުޢާހަދާކަމުގައިވާ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ ޓްރޭޑް ފެސިލިޓޭޝަންއާއި ބެހޭ އެއްބަސްވުން އަދި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ފެލް ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ގޮތަށް ކަސްޓަމްސް އަދި ޕޯޓްތަކަށް ހުށަހެޅޭ ލިޔެކިއުންތައް ސިންގަލް ވިންޑޯއެއްގެ ދަށުން ހުށަހެޅުމުގެ ދޮރު ވިޔަފާރިތަކަށާއި ރެގިއުލޭޓަރީ އިދާރާތަަކަށް ފަހިވެގެން ދިޔުން ހިމެނެ އެވެ. މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސިންގަލް ވިންޑޯ ޕްލެޓްފޯމްތަކާއިއެކުގުޅުން ޤާއިމުކުރަން ފަސޭހަވެ، ޑިޖިޓަލްވަމުންދާ ދުނިޔެއެއްގެ ވިޔަފާރީގެ މާޙައުލުގައި ދިވެހިރާއްޖެއަށް ފައިތިލަ ސާބިތުކުރުމަށް އިތުރ ދޮރުތައް ހުޅުވޭނެ އެވެ.
.
ވިޔަފާރިތަކަށް ވެސް މިބަދަލުގެ ފައިދާތައް އެހާމެ ގިނައެވެ. އެއް ޕްލެޓްފޯމަކުން ޙިދުމަތަށް ހުށަހެޅުމުން މަސައްކަތް ފަސޭހަވެ، ގިނަ ޕޯޓަލްތަކާއި އިޖުރާއާތުތައް ބޭނުންކުރަން ޖެހުމުގެ ބުރަ ކުޑަވެގެންދާނެއެވެ. ފްރެއިޓް ފޯވަޑިންނާއި ޝިޕިންގްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓޭނެ އެވެ. އަދި ވަކިވަކިން ހުރި ނިޒާމުތަކުގެ ސަބަބުން ދިމާވާ ލަސްވުންތައް ކުޑަކުރެވި، ބޯޑަރުގައި ފޯރުކޮށްދެވޭ ބައިނަލްއަގުވާމި ވިޔަފާރީގެ މުއާމަލާތްތައް އެއް އޮނިގަނޑެއްގެ ތެރެއިން ކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަހިވެގެން ދާނެ އެވެ.
ޓްރޭޑިއަން ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ބޭނުންކުރަން ފެށުމާއި ގުޅިން، މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވަނީ ފެށިފަ އެވެ.
ދެވަނަ ފިޔަވަހީގައި ހިމެނޭ ހިދުމަތްތައް ޕްލެޓްފޯމްގައި ލައިވްކުރެވޭ މިންވަރަކުން އެ މައުލޫމާތުތައް ދުރާލާ ހާމަކުރުމުގެ މަސައްކަތް ބޯޑަރުގައި ހަަރަކާތްތެރިވާ އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ. މި މަޝްރޫއު އަދި ޓްރޭޑިއަން ޕްލެޓްފޯމާއި ގުޅޭ އިތުރު މައުލޫމާތު ހޯދެއްވުމަށް ފޯނަށް ގުޅުއްވުން ލިބިވަޑައިގަންނަވާނެ އެވެ.