"މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ،" ކަސްޓަމްސް އިން ބުންޏެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ ވިޔަފާރި ބަނދަރުން ވަގަށް އެތެރެކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަނެފައި ވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިންނެވެ.
"މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ،" ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީގެ ކުރިން މި އަހަރުގެ އޭޕްރީލް މަސްތެރޭގައި ވެސް އައްޑޫން ސިއްރުން ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެ ކުރަން އުޅެނިކޮށް ވަނީ ހިފަހައްޓާފަ އެވެ.
ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުވުމާއެކު، ސިނގިރޭޓު ވިއްކާ އަގު ވަނީ ބޮޑުވެފަ އެވެ. އެހެންވެ، ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.